މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

ވަޒީފާގެ ފުރުޞަތު                                                                                                                                                                   

މަޤާމް :

އޮފީސް އެސިސްޓެންޓް

ބޭނުންވާ އަދަދު:

1 ( އެކެއް )

މުސާރައާއި އެލަވަންސް:

  1. މުސާރަ: މަހަކު -/4113 ރުފިޔާ ( ހަތަރު ހާސް އެއްސަތޭކަ ތޭރަ ރުފިޔާ)
  2. ސަރވިސް އެލަވަންސް: މަހަކު -/1860 ރުފިޔާ ( އެއް ހާސް އަށްސަތޭކަ ފަސްދޮޅަސް ރުފިޔާ)
  3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/60 ރުފިޔާ ( ފަސްދޮޅަސް ރުފިޔާ ) 
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އޮފީސް :

  • މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • ދިވެހިބަހާއި އިގިރޭސިބަހުން ލިޔެފައި ހުންނަ އެއްޗެތި ލިޔަންކިޔަން އެނގޭ މީހެއްކަމުގައިވުން
  • މަސައްކަތުގެ މާހައުލުގައި  ރަނގަޅަށް މުޢާމަލާތް ކުރަންޖެހޭފަރާތްތަކާއި ރަނގަޅަށް މުއާމަލާތް ކުރަން އެނގޭ މީހަކުކަމުގައިވުން
  • ރަސްމީގަޑީގެ އިތުރުން، އޮފީހުން ކަނޑައަޅާ ގަޑިތަކެއްގައި މަސައްކަތުގައި އުޅެވޭނެ، ބަރުތަކެތި އެއްތަނުން  އަނެއްތަނަށް އުފުއްލޭނެ ފުރިހަމަ ސިއްހަތެއްގެ ހުރި މީހެއްކަމުގައިވުން

މަޤާމްގެ މަސްޢޫލިއްޔަތު

  • އޮފީހުގެ އެކިއެކި ޖަލްސާތަކަށާއި ހާއްޞަ ހަލްފާތަކަށް ސައި ތައްޔާރުކުރުމާއި، ސައިކޮޓަރީގެ އެންމެހާ ކަންތައްތަކެއް ކުރުމާއި، އޮފީހުގެ އެންމެހާ ތަންތަނުގެ ސާފުތާހިރުކަން ބެލެހެއްޓުމާއި، އެހެނިހެން އިދާރީ ކަންތައްތަކުގައި އެހީތެރިވެދިނުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • ކުރެވޭ އިންޓަރވިއު އިން ފާސްވުން
  • ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކުކަމުގައި ނުވުން.  

ރަސްމީ މަސައްކަތު ގަޑި

  • ހެނދުނު 08:00 އިން 16:00 އަށް. ( ހޮނިހިރު – ބުރާސްފަތި )

ހުށަހަޅަންޖެހޭ ލިޔުންތައް:

  •  ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު / ސީވީ (ފޯން ނަންބަރާއެކު)
  • ވަޒީފާއަށްއެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
  • ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ. )

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްރަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 15 އޮކްޓޫބަރު 2020ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ.

އިންޓަވިއު:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ސިޓީ ހުޅަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭނެ ގޮތް:

ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  އަދި ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާއިން ފޯމު ލިބެން ހުންނާނެއެވެ.

https://maldivespost.com/media/downloads

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ، 3315555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

11 އޮކްޓޫބަރު 2020
ހޯދާ