މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު- ސޭލްސް ރެޕްރެޒެންޓޭޓިވް

އިޢުލާން

މިމިނިސްޓްރީގެ ނަންބަރު (IUL)101-AF/1/2020/117އިއުލާން ގައިވާ ސޭލްސް ރެޕްރެޒެންޓޭޓިވްގެ މަގާމު ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.    

މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "ސްޓްރެންތުނިންގ ދަ ލައިވްލިހުޑް އޮފް ހޯމްބޭސްޑް ވޯރކާސް އިންދަ ސާރކް ރީޖަން އިނީޝިއޭޓިވް" (SABAH Project) އަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް 1: ސޭލްސް ރެޕްރެޒެންޓޭޓިވް

އަދަދު: 01

ފެންވަރު ނުވަތަ ޝަރުތު:

  • ގްރޭޑް 10 ނިންމައިފައިވުން.
  • ގިނަވަގުތު މަސައްކަތް ކުރެވުން އަދި ޝިޕްޓް ޑިއުޓީ އަދާ ކުރެވުން
  • ކޮމްޕިއުޓަރު ބޭނުންކުރަން އެނގުން
  • އިނގިރޭސި ބަހުންނާއި ދިވެހިބަހުން މުޢާމަލާތްކުރަން އެނގުން.
  • ފިހާރައެއް ނުވަތަ ރެސްޓޯރެންޓެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

މަސައްކަތް ކުރަންޖެހޭ ތަން: ސަބާ މޯލްޑިވްސް ސްޓޯލް، ރަށު މާރުކޭޓް (ހުޅުމާލެ)

މުސާރަ:  5,550 ރުފިޔާ

ސާރވީސް އެލަވަންސް: 3,450 ރުފިޔާ (މަސައްކަތަށް ނުނިކުންނަ ކޮންމެ ދުވަހަކަށް 115 ރުފިޔާ އުނިކުރެވޭނެއެވެ.(

ވަޒީފާގެ މުއްދަތު: 1 އަހަރު

ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރިޚަކީ 18 އޮކްޓޯބަރ 2020 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިންނެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ، ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 09:00 – 13:00 އާ ދެމެދު 3003018/7220077 އަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

08 އޮކްޓޯބަރ 2020

08 އޮކްޓޫބަރު 2020
ހޯދާ