މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެކްސްޕޯ 2020 އަށް ކޮންޓެންޓް ރައިޓަރ އެއް ހޯދުމާ ބެހޭ

 

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

މާލެ، ދިވެހިރާއްޖެ

 

   ނަންބަރު:  IUL)101-IM/1/2020/174)                                      ތާރީޚް: 8 އޮކްޓޫބަރު 2020

                                 އިއުލާން                                

އެކްސްޕޯ 2020 އަށް ކޮންޓެންޓް ރައިޓަރ އެއް ހޯދުމާ ބެހޭ

 

ވޯލްޑް އެކްސްޕޯއަކީ، ބިއުރޯ އޮފް އިންޓަރނޭޝަނަލް އެކްސްޕޮޒިޝަން އިން އިންތިޒާމުކޮށްގެން ކޮންމެ 5 އަހަރަކުން އެއް އަހަރު، ކަނޑައެޅޭ ވަކި ޤައުމެއްގައި ހަމަސް ދުވަހުގެ މުއްދަތަށް ބާއްވަމުން ގެންދާ ވޯލްޑް އެކްސްޕޯއެކެވެ. އެކްސްޕޯ 2020 މި އަހަރު އޮކްޓޫބަރު މަހު ދުބާއީ ގައި ފެށުމަށް ހަމަޖެހިފައިވީ ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން އެކްސްޕޯ ވަނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހަށް ފަސްކޮށްފައެވެ. އެކްސްޕޯ މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ،1 އޮކްޓޯބަރު 2021 އިން 31 މާރިޗް 2022 އަށް ޔުނައިޓަޑް އެރެބް އެމިރޭޓްސްގެ ދުބާއީ ގައެވެ.

 

"އެކްސްޕޯ 2020" އަށް ކޮންޓެންޓް ރައިޓަރ އެއް ބޭނުންވެއެވެ. މި މަސައްކަތާއި ބެހޭ "ޓާރމް އޮފް ރިފަރެންސް" ތިރީގައި މިވާ ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 21 އޮކްޓޯބަރ 2020 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އަށް ބިޑް ޕްރޮޕޯސަލް  މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ބޮޑުތަކުރުފާނުމަގުގައި ހުންނަ އިމާރާތް) އަށް ވަޑައިގެން ހުށަހެޅުންވުމަށް އެދި ދެންނެވީމެވެ.

 

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު

ފޯނު: 3333104 (960)+                           

އީމެއިލް: [email protected]

 

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

 

 

08 އޮކްޓޫބަރު 2020

 

08 އޮކްޓޫބަރު 2020
ހޯދާ