ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުންގެންދާ ޑރ. ޢަބްދު ޞަމަދުމެމޯރިއަލް ހޮސްޕިޓަލުގެ ޑެންޓަލް ޑިޕާރޓްމަންޓުގެ ޖާގަ އިތުރުކުރުމަށް ޢިމާރާތަށް ގެންނަން ޖެހޭ ބަދަލު ގެނައުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 08 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން 19 އޮކްޓޯބަރ 2020 ވާ ހޯމަދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 26 އޮކްޓޯބަރ 2020 ވާ ހޯމަ ދުވަހުގެ ހެނދުނު 12:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 20 އޮކްޓޯބަރ 2020 ވާ އަންގާރަ ދުވަހު ހެނދުނުު 09:30 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.
21 ޞަފަރު 1442