މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
ވައި.ޑީ.ޕީ ހިންގުމަށް ހެޑް ކޯޗެއް ހޯދުން

މިއެސޯސިއޭޝަނުގެ ފަރާތުން ރާއްޖޭގެ އަތޮޅުތަކުގައި ހިންގުމަށް ރޭވިފައިވާ "ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމް" މޮނީޓަރކޮށް ހިންގައިދޭނެ ހެޑް ކޯޗެއް 3 މަސްދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން ހޯދުމަށް ބޭނުންވެއެވެ.

ތަފްސީލް

  • އަދަދު:          1
  • މުސާރަ:         މަހަކު -/11,500ރ
  • ޝަރުތު:         އެމް.ބީ.އޭ ކޯޗިންގ ލައިސަންސް ލެވެލް-2 އިން ފެށިގެން މަތީ ލައިސަންސްއެއް އޮތުން ނުވަތަ ފީބާ ލައިސަންސް ކޯޗަކަށްވުން

ނޯޓް: ކޯޗު މަސައްކަތް ކުރަންޖެހޭނީ މާލޭގައެވެ. ނަމަވެސް ޕްރޮގްރާމް ހިންގުމަށްޓަކައި ރަށްރަށަށް ދާންޖެހިއްޖެ ހާލަތެއްގައި ފަސޭހަކަމާއިއެކު ދަތުރުކުރެވޭނެ ފަރާތަކަށް ވާންވާނެއެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 އޮކްޓޯބަރ 2020 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ސީ.ވީ އާއި އަދި ބާސްކެޓްބޯޅައިގެ ކޯޗިންގ ދާއިރާގެ ވަނަވަރު އެނގޭނޭ ލިޔެކިޔުންތައް މި އެސޯސިއޭޝަނުގެ އީ-މެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ.

މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އެސޯސިއޭޝަންގެ ނަނަބްރު 3314024 އަށް ގުޅުއްވުން އެދެމެވެ.

07 އޮކްޓޫބަރު 2020
ހޯދާ