ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކުއިރިޓީ (ކޮންޓްރެކްޓް)

މަޤާމް:        ކޮންޓްރެކްޓް ސެކުއިރިޓީ

އޮފީސް/ އިދާރާ     ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލް އިދާރާ

ސެކްޝަން:       އިދާރީ ސެކްޝަން

ރޭންކް:         ss1

ކްލެސިޕިކޭޝަން:     ސަޕޯރޓް ސްޓާފް ގްރޭޑް 1

ވަޒީފާއަދާކުރަންޖެހޭތަން:   ގއ.ވިލިނގިލީ އިޖްތިމާއީ މަރުކަޒު

މުސާރަ:        3100.00

ސާރވިސް އެލަވެންސް:    1000.00

ބޭނުންވާއަދަދު:         1

މަޤާމްގެ ޝަރުތުތައް:    ލިޔަން ކިޔަން އެނގުން

 

ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ ދަށްވެގެން ގްރޭޑް 05 ނިންމި ކަމުގެ ލީވިންގ ސެޓިފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެއެވެ.

 

މަޤާމުގެ މައްސޫލިއްޔަތާއި، ވާޖިބުތައް:

1-  ގއ.ވިލިނގިލީ ކައުންސިލް އިދަރާއިން އަންގާ ގޮތެއްގެ މަތީން ގއ.ވިލިނގިލީ އިޖްތިމާއި މަރުކަޒުގެ ގޯތިތެރެއާއި ވަށައިގެންވާ ސަރަހައްދު ކަނޑައަޅިފައިވާ ޤވައިދުގެ މަތިން ޑިއުޓީ އަދާކޮށް ސެކިއުރިޓީ ބެލެހެއްޓުން.

 

2-  ގއ.ވިލިނގިލީ އިޖްތިމާއި މަރުކަޒުގައި ޤަވާއިދާއި ޚިލާފު އެއްވެސް ކަމެއް ހިނގާނަމަ އެކަމެއް ހައްލުކުރުމާއި އަދި ހައްލު ނުކުރެވޭވަރުގެ މައްސަލައެއް ދިމާވެއްޖެނަމަ ތަނުގައި އެވަގުތު ހުންނެވި އެންމެ އިސްމުވައްޒަފަކަށް ވަގުތުން އެންގުން.

 

3-  ތަނުގެ ރައްކާތެރިކަމާއި ސަލާމަތަށް ކުރަންޖެހޭ ކަންކަމާއި، އަދި މީގެ އިތުރުން ހިދުމަތް ދިނުމުގައި ދިމާވާ ކުއްލި ހާލަތްތަކުގައި އެވަގުތު ޑިއުޓީގައި ހުރި އެންމެ އިސް މުވައްޒަފެއް އަންގާގޮތުގެ މަތިން މަސައްކަތް ކުރުން.

 

4-  ގއ.ވިލިނގިލީ އިޖްތިމާއި މަރުކަޒުން ރާވާ ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާއި، ހަވާލުކުރެވޭ އެންމެހާ މަސައްކަތްކުރުމާއި އެހެން މުވައްޒަފުންނަށް މަސައްކަތުގައި އެހީތެރިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1.    ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު ( މި ފޯރމް ސިވިލް ސާރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ވިލިނގިލީ ކައުންސިލް އިދާރާގެ އޮފީހުން ލިބެން ހުންނާނެއެވެ. )
  2.    ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
  3.    ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  4.    ގްރޭޑް 05 ނިންމި ކަމުގެ ލީވިންގ ސެޓިފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމެއް.

 

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި: 

   މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 އޮކްޓޯބަރ  2020 ވާ އަންގާރަ ދުވަހުގެ  13.30. ގެ ކުރިން ގއ. ވިލިނގިލީ ކައުންސިލް އިދާރާއަށެއެވެ. އިއުލާންގެ ސުންގަނޑި ހަމަވުނުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯރމް ބަލައިގެނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަން:

-  މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރުން އޮންނާނީ ހުވަދު އަތޮޅި އުތުރުބުރީ ވިލިނގިލީ ކައުންސިލް އިދަރާގައިއެވެ.

 

އިތުރު މައުލޫމާތު:

  މި އިޢުލާނާއިގުޅިގެން މައުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ 6820027 ނަންބަރު ފޯނާއެވެ. އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

07 އޮކްޓޫބަރު 2020
ހޯދާ