މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.އަތޮޅު ކައުންސިލް އިދާރައިގެ ގޯތިތެރޭގައި އޮތް ހުސްބިމުގައި 2ބުރި އިމާރާތެއް އެޅުން

ނ. އަތޮޅު ކައުންސިލް އިދާރައިގެ ގޯތިތެރޭގައި އޮތް ހުސްބިމުގައި 2 ދެބުރި އިމާރާތެއް އަޅައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

         މިކައުންސިލްގެ އިދާރާއިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް ނ. އަތޮޅު ކައުންސިލްގެ އިދާރާގެ ގޯތިތެރޭގައި އޮތް ހުސްބިމުގައި 2 ބުރިއަށް އިމާރާތެއް އަޅައިދިނުމުގެ އެންމެހާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ބީލަން ރަޖިސްޓްރީކުރުން

         ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލާއި އެއްގޮތަށް ނ. އަތޮޅު ކައުންސިލްގެ އިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.  ފޯނާއި، އީމެއިލުގެ ޒަރިއްޔާއިންވެސް ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމުގައި ދެންނެވީމެވެ.  މި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަމާއިގުޅޭ މައުލޫމާތުތަކާއި ، ކުރެހުމާއި ލިޔެކިޔުންތައް މިއިދާރާއިން ފޯރުކޮށްދެވޭނެއެވެ. އިތުރަށް ސާފުކުރަން ބޭނުންވާ މައުލޫމާތުތައް، މައުލޫމާތު ސާފުކުރެވޭ އެންމެ ފަހު ވަގުތު ހަމަވުމުން ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ދެވޭނެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.   

ތަފްސީލް

ތާރީޚް

ވަގުތު

ބީލަމުގައި ރަޖިސްޓްރީ ކުރުން

08 އޮކްޓޯބަރ 2020 ން 15 އޮކްޓޯބަރ 2020

09:00 އިން 13:00

މައުލޫމާތު ސާފުކުރެވޭނެ އެންމެ ފަހުގެ ތާރީޚު (އީމެއިލްގެ ޒަރީއާއިން)

20 އޮކްޓޯބަރ 2020

13:00

އަންދާސީ ހިސާބު ހުށަހެޅުން

27 އޮކްޓޯބަރ 2020

11:00 ހެނދުނު

 

 

އަންދާސީ ހިސާބު ހުށަހެޅުން

         މި މަސައްކަތައް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައި ދެންނެވިފައިވާ ދުވަހު ދެންނެވިފައިވާ ގަޑިއަށްނ. އަތޮޅު ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.    އަދި އަންދާސީ ހިސާބު ހުށައަޅުއްވާއިރު -/25،000 ރ (ފަންސަވީސްހާސް ރުފިޔާ )ގެ ބިޑް ސެކިއުރިޓީއެއް ހުށައަޅުއްވަންވާނެއެވެ.  އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ.  ބިލަން ރަޖިސްޓްރީ ކުރުމަށް ގުޅުއްވާނެ ފޯނު ނަންބަރާއި، އީމެއިލްއެޑްރެސް ތިރީގައި ދެންނެވިފައި އެވަނީއެވެ.

މެއިލް އެޑްރެސް

ފޯނު ނަންބަރ

[email protected]

6560012،  6560028

 

07 އޮކްޓޫބަރު 2020
ހޯދާ