ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ސީވޯޓާރ އިންޓޭކް ޕައިޕް ރިޕެއާރކޮށް އަދި އެންކާރ ކުރުމުގެ މަސަތްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

މާލެ، ދިވެހިރާއްޖެ                                                                                                                                                                    ނަންބަރު: H-2020/69

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުނީގެ ސީވޯޓާރ އިންޓޭކް ޕައިޕް ރިޕެއާރކޮށް އަދި އެންކާރ ކުރުމުގެ މަސަތްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް އަގުހުށަހެޅުމުގެ ފުރުސަތު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން -/1,542 (އެއް ހާސް ފަސް ސަތޭކަ ސާޅީސް ދެ) ރުފިޔާއަށް ޑޮކިއުމަންޓް ބައްލަވައިގަތުމާއި ރަޖިސްޓްރީ ކުރުމަށް ތިރީގައި ދެންނެވިފައިވާ އީމެއިލް އެޑްރެސް އަށް އީމެއިލް ކުރެއްވުންއެދެމެވެ.

އީމެއިލް އެޑްރެސް: [email protected]

ކޮޕީ: [email protected]

 

ދުވަސް

ވަގުތު

ފައިސާ ބަލައިގަތުމަށް

11 އޮކްޓޫބަރު 2020 އިން 22 އޮކްޓޫބަރު 2020

09:00 އިން 15:00 އަށް

ޑޮކިޔުމަންޓް ދޫކުރުމަށް

11 އޮކްޓޫބަރު 2020 އިން 22 އޮކްޓޫބަރު 2020

09:00 އިން 15:00 އަށް

މަޢުލޫމާތު ދިނުން

25 އޮކްޓޫބަރު 2020 (އާދިއްތަ)

11:00 ގައި

އަގު ހުށަހެޅުން

08 ނޮވެންބަރު 2020 (އާދިއްތަ)

11:00 ގައި

މި ޕްރޮޖެކްޓަށް ހުށަހެޅޭ ޕްރޮޕޯޒަލުތައް އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފުސީލު

އަގަށް: 70 ޕޮއިންޓް

ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު ×70

ތަޖުރިބާ: 30 ޕޮއިންޓް

މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.

މުއްދަތު: 06 މަސް ދުވަހުގެ މުއްދަތަށް ކަނޑައެޅިފައިއެވެ.

މި ބީލަމުގައި ބައިވެރިވުމަށް ތިރީގައި ދެންނެވިފައިވާ ޝަރުތު ފުރިހަމަވާންވާނެއެވެ.

-          ބީލަން ހުށައަޅާފަރާތަކީ ވޭތި ވެދިޔަ ފަސް އަހަރު ތެރޭގައި މަދުވެގެން 03 މެރިން ޕްރޮޖެކްޓްގައި (މަސައްކަތުގެ އަގު 05 މިލިއަން ރުފިޔާ އަށްވުރެ ކުޑަ ނޫން) މަސައްކަތްކޮށް ތަޖުރިބާ ހުރި ފަރާތަކަށްވުން.

-          ތަޖުރިބާ ހުރި ފަރާތެއް ކަމުގައި ބެލެވޭނީ މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 25,000.00 (ފަންސަވީސް ހާސް) ރުފިޔާ ނުވަތަ އެއަގަށްވާ ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ ބިޑް ކާމިޔާބު ކުރަށްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާއި އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ އިންޝުއަރެންސް ޕޮލިސީއެކެވެ. މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 100 (އެއް ސަތޭކަ) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 30 (ތިރީސް) ދުވަސް އިތުރުވާންވާނެވެ.

19 ޞަފަރު 1441

06 އޮކްޓޫބަރު 2020

 ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338123 / 3338121 ނަންބަރު ފޯނާއެވެ.  
 
06 އޮކްޓޫބަރު 2020
ހޯދާ