މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރޯޝަންހިޔާ ކުއްޔަށް ދޫކުރުމާބެހޭ:

އިޢުލާން

 

ރޯޝަންހިޔާ ކުއްޔަށް ދޫކުރުމާބެހޭ:

މިއިދާރާގެ ބެލުމުގެ ދަށުގައި ހުންނަ ރޯޝަންހިޔާ 4 ކޮޓަރި ހިމެނޭ އިމާރާތް ކުއްޔަށް ދޫކުރާގޮތައް ހަމަޖައްސައިފީމެވެ. މިގޮތުން އިމާރާތް ކުއްޔަށް ދޫކުރެވޭނީ އިމާރާތުގެ ބޭނުން ހިފުމައްޓަކައި ކޮންމެހެން ކުރަންޖެހޭ މަރާމާތުތައް ކުއްޔަށް ހިފާފަރާތުން ކުރާގޮތަށެވެ. އަދި މިއިމާރާތް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 5 އަހަރު ދުވަހު މުއްދަތަކަށް މަހަކު -/3000 ( ތިންހާސް ރުފިޔާ ) އަށް ވުރެ ކުޑަނޫން ކުއްޔަށެވެ.

 

ވީމާ، މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން "ރޯޝަންހިޔާ" އިމާރާތް ކުއްޔަށް ނަންގަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި ދަންނަވާ ތާރީޚަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ދިނުން

އަންދާސީހިސާބު ހުށަހެޅުން

15 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް

19 އޮކްޓޯބަރ 2020 ވާ ހޯމަ ދުވަހުގެ 11:00 އަށް

 

އަންދާސީހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

06 އޮކްޓޫބަރު 2020
ހޯދާ