މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.އަތޮޅު ރައްޔިތުންނަށް "ފެންފިލްޓަރ" ފޯރުކޮށްދިނުން

މިއިދާރާއަށް 40 ޔޫވީ ވޯޓަރ ފިލްޓްރޭޓް ސިސްޓަމް ފޯރުކޮށްދޭނެފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރ: (IUL)236-IED/236/2020/08 (03 ސެޕްޓެމްބަރ 2020) އިއުލާން އާއި ގުޅިގެން ހުށަހަޅުއްވާފައިވާ އަގުތައް ބޮޑުކަމަށްވާތީ އެއިޢުލާން ބާތިލްކޮށް 35 ޔޫވީ ވޯޓަރ ފިލްޓްރޭޓް ސިސްޓަމް ފޯރުކޮށްދިނުމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ވިޔަފާރިކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

ބީލަމުގައި ބައިވެރިވުމަށް ޝަރުތުހަމަވާ އަދި ޝައުޤުވެރިލައްވާ ފަރާތްތަކުން 2020 އޮކްޓޯބަރ 06 އިން 2020 އޮކްޓޯބަރ 08 ދުވަހުގެ 11:00 އަށް ރަޖިސްޓްރީވުމަށް 6720600 ނުވަތަ 9830262 ނަންބަރ ފޯނާ ގުޅުއްވައިގެން ނަންނޯޓްކުރެއްވުން އެދެމެވެ. ނަންނޯޓު ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ލިބޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.

އަދި ބީލަމާގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް މަތީގައި ދެންނެވިފައިވާ ނަންބަރުތަކާއި ގުޅުއްވައިގެން  ހޯއްދެވުމަކީ ބީލަމަށް ކުރިމަތިލައްވާ ފަރާތުގެ ޒިންމާއެކެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް 2020 އޮކްޓޯބަރ 08 ވަނަ ދުވަހުގެ 13:15 ގައި ޒޫމްމެދުވެރިކޮށް މަޢުލޫމާތު ދިނުމުގެ ބައްދަލްވުން ކުރިއަށް ގެންދެވޭނެއެވެ. އަދި ޒޫމް މެދުވެރިކޮށް ބާއްވާ ބައްދަލްވުމުގެ ލިންކް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ހިއްސާކުރެވޭނެއެވެ. މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2020 އޮކްޓޯބަރ 15 ވަނަ ދުވަހުގެ 13:15  އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

06 އޮކްޓޫބަރު 2020
ހޯދާ