މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކަޅު ކޮތަޅު އަދި އެތެރެ ފެންނަ ކޮތަޅު ސަޕުލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ކަޅު ކޮތަޅު އަދި އެތެރެ ފެންނަ ކޮތަޅު ސަޕުލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

   މި ކުންފުނިން ދޭ މިންގަނޑުތަކާއި އެއްގޮތަށް ކަޅު ކޮތަޅު އަދި އެތެރެ ފެންނަ ކޮތަޅު ދިގުމުއްދަތަކަށް ސަޕްލައިކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު: 116-F3/IL/2020/92 އިއުލާން ބާތިލްކޮށް އަލުން ބީލަމަށް ހުޅުވާލަމެވެ.

   މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2020 އޮކްޓޫބަރު 13 ވާ އަންގާރަދުވަހުގެ ހެދުނު 10:15 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެއެވެ.މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

   ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2020 އޮކްޓޫބަރު 26 ވާ ހޯމަދުވަހުގެ ހެދުނު 10:15 ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2020 އޮކްޓޫބަރު 26 ވާ ހޯމަދުވަހުގެ ހެދުނު 10:15ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

   ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

 

05 އޮކްޓޫބަރު 2020
ހޯދާ