މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
01 އަހަރު ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީގެ ދަށުގައިވާ މުއައްސަސާތަކަށް ރާއްޖެއިން ބޭރުން ގެންނަ ތަކެތި އެއަރފްރައިޓްކޮށް ކްލިއަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން 

         01 އަހަރު ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީގެ ދަށުގައިވާ މުއައްސަސާތަކަށް ރާއްޖެއިން ބޭރުން ގެންނަ ތަކެތި އެއަރފްރައިޓްކޮށް ކްލިއަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް  ކުރެވުނު ނަންބަރު:  (IUL)23-AP/23/2020/99 (12 އޮގަސްޓް 2020 ) އިޢުލާނާއި ގުޅިގެން ބައެއް މައުލޫމާތުތަކަށް ބަދަލު ގެންނަން ޖެހޭތީ އެއިޢުލާން ބާތިލް ކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 01  އޮކްޓޯބަރ 2020 ވާ ބުރާސްފަތިދުވަހުން ފެށިގެން 11 އޮކްޓޯބަރ 2020 ވާ އާދިއްތަ ދުވަހުގެ  މެންދުރުފަހު 14:00 ގެ  ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 15 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 12 އޮކްޓޯބަރ 2020 ވާ ހޯމަ ދުވަހު ހެނދުނުު 09:30 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

14 ޞަފަރު 1442

01 އޮކްޓޫބަރު 2020
ހޯދާ