މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތުގެ ބޭނުމަށް އެއްއަހަރުދުވަހުގެ މުއްދަތަށް ގުދަނެއް ކުއްޔަށް ހިފުމާއި ގުޅޭ

އިޢުލާން 

         މިނިސްޓްރީ އޮފް ހެލްތުގެ ބޭނުމަށް  އެއްއަހަރުދުވަހުގެ މުއްދަތަށް ގުދަނެއް ކުއްޔަށް ހިފުމަށް ބޭނުން ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 01 އޮކްޓޯބަރ  2020 ވާ ބުރާސްފަތިދުވަހުން ފެށިގެން 11 އޮކްޓޯބަރ 2020 ވާ އާދިއްތަ ދުވަހުގެ  މެންދުރުފަހު 14:00 ގެ  ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 15 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 12 އޮކްޓޯބަރ 2020 ވާ ހޯމަ ދުވަހު ހެނދުނުު 09:30 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

13 ޞަފަރު 1442

30 ސެޕްޓެންބަރު 2020
ހޯދާ