މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
"ކޮމަންވެލްތް ޔޫތު އެވޯޑް 2021 އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން"

                                  އިޢުލާން

 

"ކޮމަންވެލްތް ޔޫތު އެވޯޑް 2021 އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން"

 

  ކޮމަންވެލްތުގެ ޔޫތު އެވޯޑް 2021 އަށް ކުރިމަތިލުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ. މި އެވޯޑަށް ބައިވެރިން ހޮވުމުގައި އިންސާފުކުރުމަށް ހަމަޖެހިފައިވަނީ ޤައުމުގެ ކުރިއެރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި އެ މީހެއްގެ ފަންނީ ޤާބިލްކަން ބޭނުންކޮށްގެން ކޮށްފައިވާ މަސައްކަތްތަކަށެވެ. އެގޮތުން މިއެވޯޑަށް ކުރިމަތިލުމަށް ހުޅުވާލެވިފައިވާ ދާއިރާތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

 ސަރަޙައްދީ ދާއިރާތައް

  • އެފްރިކާ
  • އޭޝިޔާ
  • ކެރީބިއަން
  • ޔޫރަޕް އަދި ކެނެޑާ
  • ޕެސިފިކް

މި ސަރަޙައްދުތަކުގެ ކޮމަންވެލްތް މެމްބަރު 54 ޤައުމުގެ ޒުވާނުންނަށް މި އެވޯޑަށް ކުރިމަތިލެވޭނެއެވެ.

 ޝަރުތުތައް

  • ކޮމަންވެލްތް މެމްބަރު ޤައުމެއްގެ އުމުރުން 15 އަހަރާއި 29 އަހަރުގެ ރައްޔިތެއްކަމުގައިވުން.
  • ތަރައްޤީގެ އެކި މަސައްކަތްތަކުގައި މަދު ވެގެން 12 މަސްދުވަސް ވަންދެން ވޮލަންޓިއަރކޮށް ނުވަތަ ފަންނީ ބޭފުޅެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވެފައިވުން.
  • ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން ކޮންމެވެސް 1 ލަނޑުދަނޑިއެއް ޙާސިލްކުރުމަށް މަސައްކަތްކޮށްފައިވުން.

 

ވީމާ މި އެވޯޑަށް ކުރިމަތިލުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް 21 އޮކްޓޯބަރ 2020 ގެ 23:59 (ޖީ.އެމް.ޓީ) ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވައިލެވިފައެވެ.

 

https://commonwealth-youthexcellence.awardsplatform.com

 

މި އެވޯޑާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައި ބަޔާންކޮށްފައިވާ ލިންކުން ލިބިވަޑައި ގަންނަވާނެއެވެ.

 

https://thecommonwealth.org/media/news/commonwealth-youth-awards-2021-open-entries

 

 ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

30 ސެޕްޓެންބަރު 2020
ހޯދާ