މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިގު މުއްދަތަށް ބޭސް ބޭނުންކުރައްވާ ފަރާތްތަކާއި އަދި ޚާއްޞަ ބަލިތަކަށް ބޭސް ބޭނުން ކުރައްވާ ފަރާތްތަކުގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ!

އިޢުލާން

 

ދިގު މުއްދަތަށް ބޭސް ބޭނުންކުރައްވާ ފަރާތްތަކާއި އަދި ޚާއްޞަ ބަލިތަކަށް ބޭސް ބޭނުން ކުރައްވާ ފަރާތްތަކުގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ!           

 

ދިގު މުއްދަތަކަށް ބޭސް ބޭނުންވާ ފަރާތްތަކަށާއި ޚާއްޞަ ބަލިތަކުގެ ބޭސް ބޭނުންވާ ފަރާތްތަކަށް އެ ރަށަކުން ބޭސް ލިބޭނޭގޮތް ހަމަޖައްސައިދިނުމުގެ ގޮތުން އެފަރާތްތަކުގެ ރަޖިސްޓްރީއެއް އެކުލަވާލާ އެ ފަރާތްތަކަށް ބޭނުންވާ ބޭސް ފަސޭހައިން ކޮންމެ ރަށެއްގައިވެސް ހުންނަ އެސްޓީއޯ ގެ ފާމަސީ މެދުވެރިކޮށް ލިބޭނޭގޮތް ހަމަޖެއްސުމަކީ މިހާރު އެސްޓީއޯ އިން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން އެއް މަސައްކަތެވެ.

ވީމާ ދިގު މުއްދަތަކަށް ބޭސް ބޭނުންވާ ފަރާތްތަކުގެ އައިޑީކާޑުގެ ސާފު ކޮޕީއަކާއި ބޭހުގެ ތަފްސީލް 11 އޮކްޓޯބަރ 2020 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ކައުންސިލަށް ހުށައެޅުއްވުމަށް ދަންނަވަމެވެ.

                   މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

                   12 ސަފަރު 1442

                   30 ސެޕްޓެމްބަރ 2020

30 ސެޕްޓެންބަރު 2020
ހޯދާ