ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ސްޓޭކްހޯލްޑަރ ރިލޭޝަންސް އޮފިސަރ

މަގާމު

ސްޓޭކްހޯލްޑަރ ރިލޭޝަންސް އޮފިސަރ

ބޭނުންވާ ޢަދަދު

01

މަގާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

ރޭންކް: އެމް.އެސް 2

ގްރޭޑް: 01

މުސާރަ

މަހަކު 6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 2000 ރުފިޔާ

ލިވިންގ އެލަވަންސް

މަހަކު 3000 ރުފިޔާ

އެހެނިހެން

މަޤާމުގެ ގޮތުން ދެވޭ ޚާއްޞަ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ. ރިސްކް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ހާޒިރުވާ ދުވަހަކަށް -/50ރ ދެވޭނެއެވެ. މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

ތޢުލީމާއި ތަޖުރިބާ

 

 

 

 

 

 

 

 

 

 

 

 

 

 

 

މަގާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެން ސިފަތައް:

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

 

  1. ސޯޝަލް ސައިންސްގެ ދާއިރާގެ ތެރެއިން ސައިކޮލޮޖީ، ސޯޝަލް ވަރކް، ސޯޝިއޮލޮޖީ، ޖެންޑަރ ސްޓަޑީސް، ހިއުމަން ރައިޓްސް، ސޯޝަލް ޑިވެލޮޕްމަންޓް، އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް، ޑިވެލޮޕްމަންޓް ސްޓަޑީސްގެ ދާއިރާއިން  ނުވަތަ މި ދާއިރާތަކާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ (ލެވެލް 7) ހާސިލް ކޮށްފައިވުން.
  2. މަސައްކަތާއި ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  3. ދާއިރާއާގުޅޭ ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި ޓްރެއިނިންގްތައް ފަރުމާކޮށް، ރާވައި ހިންގުމުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  4. މަގާމުގެ މަސްޢޫލިއްޔަތު އަދާކުރެވޭނެ ހުނަރު އަދި ޤާބިލުކަން ހުރުން (ކުރިއަށް ތަމްރީނު ޕްރޮގްރާމްތަކާއި ޓްރެއިނިންގްތައް ތަފާތު ގްރޫޕްތަކަށް ބައްޓަންކޮށް ކޮންސެޕްޓް އެކުލަވާލުމާ އަދި އެފަދަ ޕްރޮގްރާމްތައް އިވެލުއޭޓް ކުރަން އެނގުމާއި ރިޕޯޓު ތައްޔާރުކުރުމާ އަދި ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މުޢާމަލާތުކުރުމާއި ލިޔެކިޔުން އެކުލަވާލުން އަދި މަސައްކަތުގައި ދިމަވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލުކުރަން މަސަކަތްކުރުން).

 

އަމިއްލައަށް އިސްނެގުމާއި ކުރާ މަސައްކަތަށް ފަރުވާތެރިވެ ކަމޭހިތުން، ސިއްރު ދެމެހެއްޓުން، ގަޑިއަށް ފަރުވާތެރިވުން، ނަޒާހަތްތެރިވުން، އިޙްތިރާމާއެކު މުޢާމަލާތްކުރުން، ސާފުތާހިރުވުން، ގުޅިގެން މަސައްކަތް ކުރުން.

 

  1. ރާއްޖޭގައި އަދި ރާއްޖޭން ބޭރުގައި ގެވެށި އަނިޔާއާ ގުޅޭ މަސައްކަތްތައް ކުރާ ފަރާތްތަކަކީ ކޮބައިތޯ ބަލައި، އެފަރާތްތަކުން ކުރާ މަސައްކަތްތައް ދެނެގަނެ، އެ ފަރާތްތަކާއެކު މަސައްކަތް ކުރެވޭނެ ގޮތްތައް ހޯދައި، ރާވައި، މި މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދާއެއްގޮތަށް ކުރުން.
  2. ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމާ ގުޅޭގޮތުން އެކުލަވާލައިފައިވާ ބައިނަލަޤްވާމީ މިންގަނޑުތަކަކީ ކޮބައިކަން ދެނެގަނެ، ރާއްޖޭގައި ގެވެށި އަނިޔާ ހުއްޓުވުމަށް ކުރާ މަސައްކަތްތައް މި މިންގަޑުތަކާ އެއްގޮތަށް ބައްޓަންކުރުމަށްޓަކައި ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދާ އެއްގޮތަށް ރާވައި، ކުރުން.
  3. ގެވެށި އަނިޔާއާ ގުޅުންހުރި ޤާނޫނުތަކަށް އަންނަ ބަދަލުތަކާއި، އެކުގައި މަސައްކަތް ކުރާ މުއައްސަސާތަކުގެ މެންޑޭޓުތަކަށް އަންނަ ބަދަލުތައް ދެނެގަނެ، މި ދާއިރާއާ ގުޅުންހުރި ދިރާސާތަކުގެ އައު ހޯދުންތަކާއި، އެހެން ޤައުމުތަކުން ބޭނުން ކުރާ ބެސްޓް ޕްރެކްޓިސްތައް ދެނެގަނެ، ސުޕަވައިޒަރަށް ލަފާދިނުން.
  4. އޮތޯރިޓީގެ ބިއުރޯއިން އެހެން މުއައްސަސާތަކާއެކު ކުރާ މުޢާމަލާތްތައް ކޮށް، ބިއުރޯގެ އެންމެހާ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  5. އޮތޯރިޓީގެ އެނުއަލް ވޯރކް ޕްލޭން ތައްޔާރުކުރުމުގައި އަދި މޮނިޓަރކުރުމުގެ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދާއެއް ގޮތަށް ކުރުން.
  6. އޮތޯރިޓީގެ އަހަރީ ރިޕޯޓު ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް، އަހަރީ ރިޕޯޓު ތައްޔާރުކުރުމުގައި އެހީތެރިވުން.
  7. މަތީގައިވާ ކަންތައްތަކުގެ އިތުރުން ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްކުރުން.

މިމަޤާމަށް ޝައުޤު ވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއިއެކު ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

 

1-      މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު. 

2-      ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުންތައް.

3-      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4-      ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ).

5-      ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ، މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަރވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ (ރިކޮމެންޑޭޝަން ލެޓަރ) ލިޔުމެއް (އޮޕްޝަނަލް).

އިތުރު މަޢުލޫމާތު:

1-      މި މަގާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

2-      މިވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތެއް ދިނުމަށްފަހު ޙާޟިރީއާއި މަސައްކަތުގެ ފެންވަރަށްބަލައި ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

3-      މިމަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ފެންވަރާއި ހުނަރާއި ޤާބިލްކަމަށް ބަލާ ކުރެވޭ އިންޓަވިއު އިން އެންމެ މަތިން މާރކްސް ލިބޭ ފަރާތެއްގެ ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރެކޯޑެއް ނުވާނަމައެވެ.

4-      އޮތޯރިޓީގެ ވަޒީފާތަކަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ.

 

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒިފާއަށް އެދޭ ފޯމް ފުރިހަމަކުރައްވާ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 08 އޮކްޓޯބަރ 2020 ވަނަދަހުގެ 14:30 ގެ ކުރިން [email protected]  އަށް އީ-މެއިލް ކުރެއްވުން އެދެމެވެ.

 

ނޯޓް: - ވަޒީފާއަށް އެދޭފޯމް ޑައުންލޯޑްކުރުން http://fpa.gov.mv/uploads/downloads/FPA-Job-Application-latest.pdf

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯން: 3010551

ފެކްސް: 3010552

އީ-މެއިލް: [email protected]

ވެބްސައިޓް: www.fpa.gov.mv

ފޭސްބުކް: www.facebook.com/fpa.maldives

30 ސެޕްޓެންބަރު 2020
ހޯދާ