ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ސޯޝަލް ސަރވިސް އޮފިސަރ

މަގާމު

ސޯޝަލް ސަރވިސް އޮފިސަރ

ބޭނުންވާ ޢަދަދު

01

މަގާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

ރޭންކް: އެމް.އެސް 2

ގްރޭޑް: 01

މުސާރަ

މަހަކު 6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 2000 ރުފިޔާ

ލިވިންގ އެލަވަންސް

މަހަކު 3000 ރުފިޔާ

އެހެނިހެން

މަޤާމުގެ ގޮތުން ދެވޭ ޚާއްޞަ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ. ރިސްކް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ހާޒިރުވާ ދުވަހަކަށް 75/-ރ ދެވޭނެއެވެ. މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

ތޢުލީމާއި ތަޖުރިބާ

 

 

މަގާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެން ސިފަތައް:

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

 

  1. ސައިކޮލޮޖީ ނުވަތަ ސޯޝަލް ވާރކް ދާއިރާއިން ދަށްވެގެން ފުރަތަމަ ޑިގްރީ (ލެވެލް 7) ހާސިލް ކޮށްފައިވުން.

 

އަމިއްލައަށް އިސްނެގުމާއި ކުރާ މަސައްކަތަށް ފަރުވާތެރިވެ ކަމޭހިތުން، ސިއްރު ދެމެހެއްޓުން، ގަޑިއަށް ފަރުވާތެރިވުން، ނަޒާހަތްތެރިވުން، އިޙްތިރާމާއެކު މުޢާމަލާތްކުރުން، ސާފުތާހިރުވުން، ގުޅިގެން މަސައްކަތް ކުރުން.

 

  1. އޮތޯރިޓީއަށް ހުށަހެޅޭ ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން ކަމާގުޅުންހުރި އެހެން މުއައްސަސާތަކަށް ހުށަހަޅަންޖެހޭ މައްސަލަތައް ސުޕަވައިޒަރުގެ އިރުޝާދާއެއްގޮތަށް މުއައްސަސާތަކަށް ރިފަރކުރުން އަދި މޮނިޓަރކުރުން.
  2. ހުށަހެޅޭ މައްސަލަތަކާއި ގުޅޭ ގޮތުން ގުޅުން ހުރި އިދާރާތަކާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް ބާއްވާ އެ ބައްދަލުވުންތަކުގެ ރިކޯރޑް ބެލެހެއްޓުން.
  3. އޮތޯރިޓީއަށް ހުށަހެޅޭ މައްސަލަތައް މޮނިޓަރކޮށް ސުޕަވައިޒަރުގެ އިރުޝާދާއެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުއެޅުން.
  4. އޮތޯރިޓީއަށް ހުށަހެޅޭ މައްސަލަތަކާބެހޭ މަޢުލޫމާތު ހަމަޖެހިފައިވާ އުޞޫލުން ރިކޯޑްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  5. އޮތޯރިޓީއަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސްހިސާބު ޑޭޓާބޭސްއަށް އެޅުމާއި ކޮންމެ ތިންމަހަކުންނާއި އަދި އަހަރަކު އެއްފަހަރު ޑޭޓާ އެކުލަވާލުން.
  6. އޮތޯރިޓީއިން ނެރޭ ރިޕޯޓްތަކާއި އެހެނިހެން "ޕަބްލިކޭޝަން" ތަކަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކުރުން. 
  7. ގެވެށި އަނިޔާ ހުއްޓުވުމަށް ހޭލުންތެރިކަން އިތުރުކުރުވުމަށް ކުރަންޖެހޭ މަސައްކަތްތައް އަދި ހިންގާ އެކިއެކި ޕްރޮގްރާމްތަކުގައި އެހީތެރިވުން.
  8. މަތީގައިވާ ކަންތައްތަކުގެ އިތުރުން ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތް ކުރުން.

މިމަޤާމަށް ޝައުޤު ވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއިއެކު ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

 

1-      މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު. 

2-      ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުންތައް.

3-      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4-      ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ).

5-      ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ، މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަރވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ (ރިކޮމެންޑޭޝަން ލެޓަރ) ލިޔުމެއް (އޮޕްޝަނަލް).

އިތުރު މަޢުލޫމާތު:

1-      މި މަގާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

2-      މިވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތެއް ދިނުމަށްފަހު ޙާޟިރީއާއި މަސައްކަތުގެ ފެންވަރަށްބަލައި ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

3-      މިމަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ފެންވަރާއި ހުނަރާއި ޤާބިލްކަމަށް ބަލާ ކުރެވޭ އިންޓަވިއު އިން އެންމެ މަތިން މާރކްސް ލިބޭ ފަރާތެއްގެ ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރެކޯޑެއް ނުވާނަމައެވެ.

4-      އޮތޯރިޓީގެ ވަޒީފާތަކަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ.

 

 

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒިފާއަށް އެދޭ ފޯމް ފުރިހަމަކުރައްވާ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 08 އޮކްޓޯބަރ 2020 ވަނަދަހުގެ 14:30 ގެ ކުރިން [email protected]  އަށް އީ-މެއިލް ކުރެއްވުން އެދެމެވެ.

 

ނޯޓް: - ވަޒީފާއަށް އެދޭފޯމް ޑައުންލޯޑްކުރުން http://fpa.gov.mv/uploads/downloads/FPA-Job-Application-latest.pdf

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯން: 3010551

ފެކްސް: 3010552

އީ-މެއިލް: [email protected]

ވެބްސައިޓް: www.fpa.gov.mv

ފޭސްބުކް: www.facebook.com/fpa.maldives

30 ސެޕްޓެންބަރު 2020
ހޯދާ