ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ 4 ފެކަލްޓީއެއްގައި ބޭނުންކުރާ އަލިފާންނިއްވާ ފުޅިތައް ސާވިސްކުރުމާއި ސާރވިސް ސްޓިކަރ ޖެހުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން

އިޢުލާން

 

ނަންބަރު:MNU-CA-FM/2020/32

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ 4 ފެކަލްޓީއެއްގައި ބޭނުންކުރާ އަލިފާންނިއްވާ ފުޅިތައް ސަރވިސް ކުރުމާއި ސަރވިސް ސްޓިކަރ ޖެހުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ 4 ފެކަލްޓީއެއްގައި ( ފެކަލްޓީ އޮފް ހެލްތް ސައިންސަސް ،ސްކޫލް އޮފް ނާރސިންގ،  ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ އަދި ބިޒްނަސް ސްކޫލް ) ގައި ބޭނުންކުރާ އަލިފާން ނިއްވާ ފުޅިތައް ސަރވިސްކުރުމާއި ސަރވިސް ސްޓިކަރ ޖެހުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ އެމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުން

           މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ  05 އޮކްޓޯބަރ 2020 ވާ  ދުވަހުގެ ހެނދުނު 11:30   ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސަސްއަށް  ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ. 

ބީލަން ބަލައިގަތުން

            ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ  11 އޮކްޓޯބަރ 2020  ވާ  ދުވަހު 11:30 ގައި ދިވެހިރާއްރޭއްގެ ގައުމީ ޔުނިވަސިޓީގެ އިދާރީ މަރުކަޒު، ރައްދެބައިހިނގުން، މާލެ ގައެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

           ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް ކަމުގައިވާންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

           މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ގުޅުޅުއްވާނީ.

  • 3345192 ،3345134

          އީ-މެއިލް ކުރައްވާނީ ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ، އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

ނޯޓް:
       ބީލަމާއެކު ހުށަހަޅާ އަގުބަޔާންކުރާ ޝީޓު ނުވަތަ ކޯޓޭޝަންގައި ބީލަންހުށަހަޅާ ފަރާތުގެ ސޮޔާއި ކުންފުންޏެއްނަމަ، ކުންފުނީގެ ތައްގަނޑުޖަހާފައި ހުންނަވާނެއެވެ.  މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ.

29 ސެޕްޓެންބަރު 2020
ހޯދާ