މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް ވިޔަފާރިކުރާ ފަރާތްތަކުގެ މަޢުލޫމާތާއި މާލެ އާއި ދެމެދު ދަތުރުކުރެވޭ އުޅަނދު ތަކުގެ މަޢުލޫމާތު ހޯދުމާއި ގުޅޭ

އިޢުލާން

 

ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް ވިޔަފާރިކުރާ ފަރާތްތަކުގެ މަޢުލޫމާތާއި މާލެ އާއި ދެމެދު ދަތުރުކުރެވޭ އުޅަނދު ތަކުގެ މަޢުލޫމާތު ހޯދުމާއި ގުޅޭ

           

މި އަތޮޅުގެ ރަށްރަށުގައި ނުރަސްމީ ދާއިރާގައި ގޭގައިތިބެގެން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކުގެ ( ހޯމް ބޭސްޑް ވޯކާސް ) ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތްދަނީ ނައިފަރު ބިޒްނަސް ސެންޓަރުގެ ފަރާތުން ކުރެވެމުންނެވެ. މި ޙަރަކާތަކީ މުސްތަޤުބަލުގައި މިފަދަ މަސައްކަތްތައްކުރާ ފަރާތްތަކަށް އެކި އެކި ގޮތްގޮތުން ފޯރުކޮށްދޭ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ވަކިވަކި ގިންތިއަކަށް އަމާޒުކުރެވިގެން އެ ޚިދުމަތް ފަރުމާކޮށް އަދި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރެވޭ މަސައްކަތެކެވެ.

ވީމާ ދަފްތަރުގައި ރެޖިސްޓްރީ ވުމަށް ކައުންސިލުން ދޫކުރާ ފޯމް ފުރުއްވުމަށްފަހު 8 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ކައުންސިލަށް ފޯމް ހުށައެޅުއްވުން އެދެމެވެ.

                   މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

                     11   ސަފަރު  1442

                     29 ސެޕްޓެމްބަރ 2020

29 ސެޕްޓެންބަރު 2020
ހޯދާ