މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަރުގެ އިމާރާތް ނީލަންކިއުން

 

ނަންބަރ:IUL)297/297/2020/49)

 

އިޢުލާން       

ހަރުގެއިމާރާތް ސިޓީލާ ނީލަމުގައި ވިއްކާލުމާއިގުޅޭ

މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްއިން މި ދަންނަވާ ހަރުގެ އާންމުކޮށް ހުޅުވާލައިގެން ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

 

އިމާރާތުގެ ތަފްޞީލް:

ބާވަތް:              ހަރުގެ އިމާރާތް

މުދަލުގެ ތަފްސީލް:            53×107 (5,671) އަކަފޫޓް ގެ ހަރުގެއިމާރާތް

މުދަލުގެ ވެރިފަރާތް:     މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ

ނޯޓް: މި ހަރުގެ އަކީ ގަލްވަނައިޒް ސްޓީލް ޓްރަސް އިން ފުރާޅާއި ބިތްތަކުގެ ފުރޭމް ހެދި ދަގަނޑު ޓިނު ޖަހާ ފުރާޅު ހިޔާކުރެވި، ދަގަނޑު ޓިނުން ބިއްބައްދާފައިވާ ހަރުގެއެކެވެ. ހަރުގޭގެ އެތެރޭގައި ވަކިކުރެވިފައިވާ އޮފީސް ބުލޮކެއް ހެދިފައިހުންނާއެވެ.

ނީލަމުގެ ތަފްސީލް:

އެންމެ ދަށްވެގެން ހުށައެޅޭނެ އަގު:       30,000:00 ދިވެހި ރުފިޔާ (ތިރީސް ހާސް ދިވެހި ރުފިޔާ)

މުއްދަތު ހަމަވާ ތާރީޙް:        8 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް

ސިޓީ ހުޅުވުން އޮންނަތަން:            މިލަދުން މަޑުލުދެކުނުބުރީ ވެލިދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް

  • މުއްދަތުހަމަވާ ތާރީހާއި ހަމައަށް ސިޓީ ހުށައަޅުއްވާ ފަރާތްތަކުގެ ތެރެއިން އެތަނަށް އެވަގުތު ހާޒިރުވެލައްވާފައިވާ ފަރާތްތަކުގެ ހާޒިރުގައި ސިޓީތައްކަނޑައި އެންމެ މަތީ އަގު އިއުލާންކުރެވޭނެއެވެ.
  • ކޮންމެ ދުވަހެއްގެ އެންމެ މަތީއަގު އެދުވަހެއްގެ 14:00 ގައި މި އިދާރާގެ ނޯޓިސްބޯޑުގައި އިއުލާންކުރެވޭނެއެވެ. ނީލަން ނިންމާލެވޭނީ އެންމެމަތީ އަގެއްކަމުގައި އިއުލާންކުރެވޭ އަގަށް ބަދަލެއްނައިސް އިއުލާންކުރެވޭ ތާރީހުންފެށިގެން 5 (ފަހެއް) ދުވަސް ވަންދެން (ސަރުކާރުބަންދު ދުވަސްތައް ހިމަނައިގެން) އެއްއަގެއްގައި އޮތުމުންނެވެ.
  • އެދުވަހެއްގެ އަގު އިއުލާންކުރެވުމުން، އިތުރަށް އަގު ހުށައަޅާނަމަ ހުށައަޅާ ކޮންމެ ފަހަރަކު އަގަށް އިރުތުކުރެވޭނީ މަދުވެގެން -/5,000 (ފަސްހާސް) ދިވެހި ރުފިޔާއެވެ.

ނީލަން ނިންމުން:

  • ނީލަންނިމުމުން އެންމެމަތީ އަގު ހުށައަޅާފަރާތަށް ނީލަން ކާމިޔާބުކުރެވުނުކަން މިއިދާރާއިން އަންގާނެއެވެ. އެފަރާތައް ނީލަން ކާމިޔާބު ވިކަން އަންގާ ތާރީޙުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭ (ސަރުކާރު ބަންދުދުވަސްތައް ނުހިމަނާ) އެފަރާތުން ނީލަމަށް ހުށައެޅި ޖުމްލަ އަދަދު މި އިދާރާއަށް ދައްކާ ނިންމަވަންވާނެއެވެ. އެ ފައިސާ ނުދައްކައިފިނަމަ، ނީލަން ބާތިލް ކުރުމުގެ ހައްޤު މިއިދާރާއަށް ލިބިގެންވެއެވެ.
  • އެއް އަގެއްގައި ދެފަރާތެއް އޮވެ ނީލަން ނިމިއްޖެނަމަ، އެ ދެފަރާތަށް އަގު ހުށައެޅުމުގެ އިތުރު ފުރުސަތެއް ދެވިދާނެއެވެ. މި ހާލަތުގައި އިތުރު ކުރެވޭނީ ފަހަރަކު -/5,000 އަށް ވުރެ ކުޑަނުވާނެ އަގެކެވެ.
  • ނީލަން ނިމޭތާ 30 (ތިރީސް) ދުވަސް ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ހަރުގެ އިމާރާތް ހުރި ތަނުން ހަރުގެ ރޫޅާ ބިންސާފުކޮށް ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ބިން ސާފުކޮށް ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާތިލްކޮށް އެ ހަރުގެ އިމާރާތް އަލުން ނީލަމަށް ލުމުގެ އިހްތިޔާރު މި އިދާރާއަށް ލިބިގެންވެއެވެ. ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ކުރީގެ ނީލަން ކާމިޔާބު ކުރި ފަރާތަށް ބައިވެރި ނުވެވޭނެއެވެ.
  • ނީލަން ކާމިޔާބު ކުރިފަރާތުން ކަނޑައެޅިފައިވާ މުއްދަތުގައި ހަރުގެ ރޫޅާ ބިން ސާފު ނުކޮށްފިނަމަ، ދެވަނަ ފަހަރަށް ހަރުގެ ނީލަން ކިޔާއިރު، ފުރަތަމަ ފަހަރަށް ނީލަން ކާމިޔާބު ކުރި ފަރާތުން އަގު އަދާ ކުރުމަށް ދައްކާފައިވާ އެއްވެސް ފައިސާއެއް އަނބުރާ ނުދެވޭވޭނެއެވެ.

އަގު ހުށައެޅުން:

އަގު ހުށައަޅަންޖެހޭ ގޮތް: މި އިދާރާއިން ދޫކުރާ އަގު ހުށައަޅާ ފޯމާއިއެކު ތިރީގައިވާ ލިކެކިޔުންތައް ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި ހެނދުނު 10:00 އިން މެންދުރު 13:00 އާއި ދެމެދު މި އިދާރާގައި ބެހެއްޓިފައިވާ "ނީލަން ފޮށްޓަށް" ސިޓީއުރަލައިގެންނެވެ. ސިޓީ އުރައިގެ ބޭރުގައި "ހަރުގެ ގަތުމަށްއެދި" މިހެން ލިޔެވިފައި އޮންނަންވާނެއެވެ. ނީލަމުގައި ހުށައަޅަންޖެހޭ ލިޔެކިޔުން ފުރިހަމަ ނުވާނަމަ، ނީލަމުގައި ހުށައަޅާފައިވާ އަގު ބާތިލްކުރެވޭނެއެވެ.

އަމިއްލަ ފަރުދެއްނަމަ:   -  ފުރިހަމަ ކޮށްފައިވާ އަގު ހުށައަޅާފޯމް

-          ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ

 

ކުންފުންޏަކުންނަމަ:      - ފުރިހަމަ ކޮށްފައިވާ އަގު ހުށައަޅާފޯމް

-          ކުންފުނީގެ ރަޖިސްޓްރޭޝަންގެ ކޮޕީ

-          މި ނީލަމާއި ގުޅިގެން މުއާމަލާތްކުރާނެ ފަރާތެއް ކަނޑައެޅުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ޤަރާރުގެ ކޮޕީ

-          ކުންފުނީގެ މެމޯރަންޑަމް އަދި އާޓިކަލް އޮފް އެސޯސިއޭސަންގެ ކޮޕީ

 

ނޯޓް: މި ނީލަން ކުރިއަށްގެންދެވޭނީ ނީލަން ކިޔޭ މުދަލުގެ ހާލަތަށް ބެލުމެއްނެތި، އެ މުދާ މިހާރު ހުރި ހާލަތުގައެވެ.  ނީލަމުގެ މުއްދަތުހަމަވުމުގެ ކުރިން ނުވަތަ ނީލަމުގެ މަރުހަލާތައް ނިމުމުގެ ކުރިން ނީލަން ބާތިލްކުރުން ނުވަތަ ނީލަމުގެ މުއްދަތަށާއި މަރުހަލާތަކައް އުނިއިތުރު ގެނައުމާއި، މަތީގައި ބަޔާންކުރާ ފައިސާދެއްކުމާއި ގުޅޭ ސަރުތުތަކަށް ބަދަލުގެނައުމުގެ އިޙްތިޔާރު މިއިދާރާއަށް ލިބިގެންވެއެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް:

މިލަދުންމަޑުލުދެކުނުބުރީ ވެލިދޫ ކައުންސިލް އިދާރާގެ ފޮރޮކިއުމަންޓް ޑިވިޒަން އިން

ފޯން: 6560056        އީމެއިލް: [email protected]

11 ޞަފަރު 1442

28 ސެޕްޓެމްބަރ 2020

28 ސެޕްޓެންބަރު 2020
ހޯދާ