މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
އޮފީސް ފޮޅާ ސާފުކުރުން (1 އަހަރަށް)

                                            

އިޢުލާން

   މި މިނިސްޓްރީ ހިންގަމުން ގެންދާ  ވެލާނާގެ (10 ވަނަ) ފަންގިފިލާ  1 ( އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މިނިސްޓްރީ ހިންގަމުން ގެންދާ  ވެލާނާގެ (10 ވަނަ) ފަންގިފިލާ  1 ( އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ފޮޅާ ސާފުކޮށްދޭނެ ފަރާތްތަކުން ތިރީގައި މިދަންނަވާ މައުލޫމާތުތައް  ފުރިހަމަ ކުރައްވައި މިނިސްޓްރީގެ އީމެއިލް  [email protected] އަށް ފޮނުއްވުމުން އަންދާސީ ހިސާބުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވުނުކަން އެންގޭނެއެވެ.

  • އަންދާސީ ހިސާބު ހުށަހަޅާ ކުންފުނި /ފަރާތް
  • އީމެއިލް އެޑްރެސް
  • ފޯނު ނަންބަރ

   މިކަމާ ގުޅޭ މައުލޫމާތު ޝީޓް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

             އަންދާސީ ހިސާބު ރަޖިސްޓްރީ ކުރެވޭނެ އެންމެ ފަހުވަގުތަކީ 01 އޮކްޓޫބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

             އަންދާސީ ހިސާބު ހުށަހެޅުމާއި/ހުޅުވުން އޮންނާނީ 13 އޮކްޓޫބަރު 2020 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ވެލާނާގެ 10 ވަނަ ފަންގިފިލާ ގައެވެ.  އަންދާސީ ހިސާބު ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.

 

 

28 ސެޕްޓެންބަރު 2020
ހޯދާ