ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޕްރޮގްރާމަރ

މިކޯޓުގެ ނަންބަރު22/(IUL)95-A/1/2020 (26 އޮގަސްޓް 2020) ޢިއުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލާފައިނުވާތީ، އެ ޢިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: 24/(IUL)95-A/1/2020

ތާރީޚް:28 ސެޕްޓެންބަރު2020

މަޤާމު

ކޮމްޕިއުޓަރ ޕްރޮގްރާމަރ

ރޭންކް: MS1

ކްލެސިފިކޭޝަން

ސީނިއަރ އޮފިސަރ ގްރޭޑް 1

 

މަސައްކަތްކުރަންޖެހޭ ތަން(ސެކްޝަން)

 

ދިވެހިރާއްޖޭގެ ހައިކޯޓު

އަސާސީ މުސާރަ

-/5610 ރުފިޔާ

 

މިމަޤާމަށް ލިބޭ އެލަވަންސް

 

-  ޖުޑީޝަލް އެލަވަންސް: (އަސާސީ މުސާރައިގެ %45)

-  ސަރވިސް އެލަވަންސް: -/2000 ރުފިޔާ

-  ލިވިންގ އެލަވަންސް: -/2850 ރުފިޔާ

-  ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

އަސާސީ ޝަރުޠު

 

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

އެހެނިހެން ޝަރުތު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މިލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  2. ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު) 2011ގެ 70 ވަނަ މާއްދާގެ ) ހ ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް މި ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

   މަޤާމުގެ މަސްއޫލިއްޔަތުތައް

  1. ކޯޓުގައި އޮންލައިންކޮށްނާއި އަދި ކޯޓުރޫމްގައި ހާޒިރުވެގެން ހިންގޭ ޝަރީއަތްތައް، ޓެކްނޮލޮޖީގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން، އޮންލައިންކޮށް އާންމުންނަށް ފެންނަ ގޮތަށް ހެދުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމާއި އެއިންތިޒާމް ހަމަޖެއްސުން.
  2. ކޯޓުގެވެބްސައިޓް ޑިވެލޮޕްކޮށް މެއިންޓެއިން ކުރުން.
  3. ޑޭޓާބޭސް އަދި އިންޓްރަރ ނެޓް ޑިވެލޮޕްކޮށް މެއިންޓެއިން ކުރުން
  4. ކޮމްޕިއުޓަރ ޕްރޮގްރާމްކޮށް މެއިންޓެއިން ކުރުން
  5. ސޮފްޓްވެއަރ މެއިންޓެއިން ކުރުން.
  6. އައި.ޓީ ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒް ކުރުމާއި މަސައްކަތު ފެންވަރު ބެލުން.
  7. މީގެ އިތުރުން ވެރިންއަންގަވާ އޮފީހުގެ ރަސްމީމަސައްކަތް ކުރުމާ، ނުރަސްމީގަޑީގައި ވެސް ވެރިންއަންގަވާ ރަސްމީ މަސައްކަތް ކުރުން.
  8. ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަ މުވައްޒަފެއްގެ މަސައްކަތެއް ކުރަންޖެހިއްޖެނަމަ އެމަސައްކަތެއްކުރުން.

 ތަޢުލީމީ ރޮނގު

 އިންފޮމޭޝަން ޓެކްނޮލޮޖީ

ގުޅޭ ވަޒީފާގެ ދާއިރާތައް

އިންފޮމޭޝަން ޓެކްނޮލޮޖީ : ސޮފްޓްވެއަރ/ ހާޑްވެއަރ/ ނެޓްވޯރކިން އަދި މިނޫންވެސް އައިޓީގެ ދާޢިރާތައް

 

 

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ތަކެތި

 

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަމްޖެހޭ މަޢުލޫމާތު ސްލިޕް.
  3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ޖީސީއީ އޯލެވެލް އަދި އޭލެވަލް ސެޓްފިކެޓް ތަކުގެ ކޮޕީ.
  6. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  7. ކުރު މުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
  8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  9. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
  10. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.

 

އިތުރު އިރުޝާދު

  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދުގެ 86 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މިމަޤާމަށްހޮވޭ މުވައްޒަފު ދާއިމީ ކުރެވޭނީ 03 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތުގައި އެމުވައްޒަފުގެ ޕާރފޯމެންސްއަށް ބެލުމަށްފަހުގައެވެ.
  • މަތީގައިވާ މަޤާމްގެ އިންޓަރވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ޙާޟިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަޞްލު ގެންނަންވާނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން

-  ލިބިފައިވާ ތަޢުލީމް %30

-  ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީންތައް %5

-  މަސައްކަތު ތަޖުރިބާ -/15

-  ޕްރެކްޓިކަލް ޓެސްޓް %20

-  ޕްރެޒެންޓޭޝަން އަދި އިންޓަވިއު %30

 

ސުންގަޑި

04 އޮކްޓޯބަރު 2020 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓް (ތީމުގެ، އާބުރުޒުހިނގުން) އަށް ހުށަހަޅަންވާނެއެވެ.

 

 

އިތުރު މަޢުލޫމާތު

  • މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް ހައިކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މީގެ އިތުރުން ހައިކޯޓުގެ ވެބްސައިޓުން  (www. highcourt.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. ނަންބަރު 3325029 އިން އިތުރު މަޢުލޫމާތު ލިބޭނެއެވެ.

 

 

28 ސެޕްޓެންބަރު 2020
ހޯދާ