މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
" ޕިޗް ރައިޓިންގ " މުބާރާތް

                    އިޢުލާން

" ޕިޗް ރައިޓިންގ " މުބާރާތް

 މި އަހަރުގެ ބައިނަލް އަޤްވާމީ ޒުވާނުންގެ ދުވަހު ޒުވާނުން ބާރުވެރި ކުރުވައި ޒުވާނުންގެ ޚިޔާލުތަކާއެކު ޕްރޮގްރާމްތައް އެކުލަވާލުމުގެ ގޮތުން ޒުވާނުންނަށް ޚާއްސަކޮށްގެން " ޕިޗް ރައިޓިންގ " މުބާރާތެއް 22 އޮގަސްޓް 2020 ގައިވަނީ ޢާންމުކޮށް ހުޅުވާލެވިފައެވެ. އަދި 30 އޮގަސްޓް 2020 ގެ ނިޔަލަށް މުއްދަތު ހަމަވާން އޮތް މުބާރާތް އިތުރު 15 ދުވަހަށް އިތުރުކޮށް 15 ސެޕްޓެމްބަރ 2020 އާއި ހަމައަށް ވަނީ މުއްދަތު އިތުރުކޮށްފައެވެ.

  ނަމަވެސް ދެވިފައިވާ މުއްދަތު ހަމަވިއިރު އެދެވިގެންވާ ވަރަށް ތަރުހީބު ލިބިފައި ނުވެއެވެ. ޖުމްލަ ލިބިފައިވަނީ 2  ޕިޗެވެ. އެއީ؛

-  އެންވަޔަރަންމަންޓްގެ ދާއިރާއިން “Maldives Youth Climate change makers”

-  މެންޓަލް ހެލްތްގެ ދާއިރާއިން  “Alifaan foshi” a podcast series

  އެހެން ކަމުން ހުށަހަޅާފައިވާ ދެ ޕިޗަކީ ވެސް މި މުބާރަތުގެ މިންގަނޑުތަކަށް ފެތޭ ޕިޗްތަކަކަށް ވާތީ، މި ދެ ޕިޗް ހުށަހެޅުމުން އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން މި ދެ ފަރާތަށްވެސް ކަނޑައެޅިފައިވާ ފައިސާގެ އިނާމު ކަމަށްވާ 5000/- ރުފިޔާ ޕިޗް ހުށަހެޅި ބައިވެރިންނަށް ދެވޭނެ ކަމުގައި ދެންނެވީމެވެ. އަދި ޕިޗް އިން ހުށަހަޅާފައިވާ ޕްރޮޖެކްޓް ތަކުގައިވާ މަސައްކަތްތައް ތަންފީޒު ކުރުމަށް ޕިޗް ހުށަހަޅާފައިވާ ފަރާތްތަކާއެކު މަޝްވަރާތައް ފެށިފައި ވާހަކަވެސް މައުލޫމާތަށްޓަކައި ދެންނެވީމެވެ.

  މިނިސްޓްރީގެ އެދުމަކީ ކުރިއަށް އޮތްތަނުގައިވެސް ޒުވާނުން ބާރު ވެރިކުރުވުމަށް ހިންގޭ މިފަދަ ހަރަކާތްތަކުގައި ވީހާވެސް ގިނަ ޒުވާނުން ބައިވެރިވުމެވެ.

  ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

27 ސެޕްޓެންބަރު 2020
ހޯދާ