މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެކްސްޕޯ 2020 ގެ ރާއްޖޭގެ ވެބްސައިޓް ޑިވެލޮޕް ކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ

                                                 
                                                                    ނަންބަރު: IUL)101-IM/1/2020/161)
 

އިޢުލާން

އެކްސްޕޯ 2020 ގެ ރާއްޖޭގެ ވެބްސައިޓް ޑިވެލޮޕް ކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ

ކޮންމެ 5 އަހަރަކުން އެއް އަހަރު ބާއްވަމުން ގެންދާ ވޯލްޑް އެކްސްޕޯގެ މި ފަހަރުގެ ހޮސްޓް ކަންޓްރީ އަކީ ޔުނައިޓަޑް އެރެބް އެމިރޭޓްސް އެވެ. މި އެކްސްޕޯ ގައި ބައިވެރިވުމަށް ޔުނައިޓަޑް އެރެބް އެމިރޭޓްސް އިން ދިވެހި ރާއްޖެއަށްވަނީ ދަޢުވަތު ދެއްވާފައެވެ. މި ދަޢުވަތު ދިވެހި ސަރުކާރުން ޤަބޫލްކުރައްވައި އެކްސްޕޯގައި ދިވެހިރާއްޖެއިން ބައިވެރި ވާނެކަން ޔުނައިޓަޑް އެރެބް އެމިރޭޓްސްގެ ސަރުކާރަށް ވަނީ އަންގަވާފައެވެ.

 

މި އެކްސްޕޯ ކުރިން ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރު އޮކްޓޯބަރު މަހުއެވެ. ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން، އެކްސްޕޯ ވަނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހަށް ފަސްކޮށްފައެވެ. ހަމަސް ދުވަހުގެ މުއްދަތަށް ދެމިގެންދާ އެކްސްޕޯ މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ،1 އޮކްޓޯބަރު 2021 އިން 31 މާރިޗް 2022 އަށް، ޔުނައިޓަޑް އެރެބް އެމިރޭޓްސްގެ ދުބާއީ ގައެވެ.

 

"އެކްސްޕޯ 2020" ގެ ދިވެހިރާއްޖޭގެ ވެބްސައިޓް ޑިވެލޮޕް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތާއި ބެހޭ ޓާރމް އޮފް ރިފަރެންސް"  ތިރީގައި މިވާ ލިންކުން އަދި މި މިނިސްޓްރީގެ ވެބްސައިޓް އިން ޑައުން ލޯޑް ކުރެވޭނެއެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން  07 އޮކްޓޯބަރ 2020 ވާ ބުދަ ދުވަހުގެ 12:00 އަށް ބިޑް ޕްރޮޕޯސަލް  މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ބޮޑުތަކުރުފާނުމަގުގައި ހުންނަ އިމާރާތް) އަށް ހުށަހެޅުއްވުން އެދެމެވެ.

 

 

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު

ފޯނު: 3333104 (960)+                           

އީމެއިލް: [email protected]

 

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

 

27 ސެޕްޓެންބަރު 2020
ހޯދާ