މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ވެންޑަރ ރަޖިސްޓްރީކުރުމުގެ މުއްދަތު ހުޅުވާލުން

އިޢުލާން

ވެންޑަރ ރަޖިސްޓްރީކުރުމުގެ މުއްދަތު ހުޅުވާލުން

ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގައިވާ ގޮތުގެމަތިން އިޢުލާންނުކޮށް (ރެސްޓްރިކްޓެޑް ޓެންޑަރިންގް،ޝޮޕިންގް އަދި ސިންގަލް ސޯސް ޕްރިކިއުމަންޓް އުޞޫލު) ކުރާ މަސައްކަތްތަކާއި، ލިބިގަންނަ ޚިދުމަތްތަކާއި، ގަންނަން ބޭނުންވާ ތަކެތި ގަތުމުގައި ، ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި އަގު ބެލުމަށްޓަކައި ވެންޑަރުންގެ ރަޖިސްޓްރީއެއް އެކުލަވާލުމަށް ކުރެވުނު އިޢުލާން ނަންބަރު (IUL)142-A1/142/2019/30 (29 އޮގަސްޓް 2019) ގައި ވެންޑަރ ރަޖިސްޓްރީކުރުމަށް ދެވިފައިވާ މުއްދަތު 31 މާރޗް 2020 ވާ އަންގާރަ ދުވަހުގެ 12:00 އާއިހަމައަށް ހަމަވެފައިވާތީ، ވަކި މުއްދަތެއް ނެތް ގޮތަށް އެ ފުރުސަތު އަނެއްކާވެސް ހުޅުވާލަމެވެ.

މިގޮތުން ރަޖިސްޓްރީވުމަށް ހުށަހަޅައި ފަރާތްތައް، ރަޖިސްޓްރީކުރެވޭތާ 3 ދުވަސް ވުމުން އެފަރާތްތަކަށް އަގު  ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެ ވާހަކަ ދެންނެވީމެވެ. އަދި ރަޖިސްޓްރީގައި އެކެޓަގަރީތަކެއްގައި ރަޖިސްޓަރީ ވުމަށް ހިމެނިފައިވާ ހުރިހާ ފަރާތްތަކަށް ވެސް އަގު ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ވެންޑަރ ރަޖިސްޓްރޭޝަނަށް އެދި ހުށަހަޅުއްވާ ފަރާތަކުން ހުށަހަޅުއްވާފައިވަނީ، ޞައްޙަ ނޫން މަޢުލޫމާތު ނުވަތަ ލިޔެކިޔުން ކަމަމަށް ފާހަގަކުރެވިއްޖެނަމަ އެ ފަރާތެއް ވެންޑަރ ރަޖިސްޓަރީގައި ނުހިމެނޭނެއެވެ.

އަދި އެއްވެސް ދައުވަތަކަށް އިޖާބަނުދީ  3 (ތިނެއް)  ދައުވަތަށް ވުރެ ދިގު މުއްދަތެއް ހޭދަވެއްޖެނަމަ، ވެންޑަރ ރަޖިސްޓަރީން އެ ފަރާތެއް އުނިކުރެވިދާނެއެވެ. އަދި ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދާއި، ކަމާއި ގުޅުންހުރި އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކާއި ޚިލާފުވާ ފަރާތްތައް ރަޖިސްޓަރީ އިން އުނިކުރެވޭނެއެވެ.

ވީމާ، ވެންޑަރުންގެ ރަޖިސްޓްރީގައި ހިމެނުމަށް ބޭނުންވާ ވިޔަފާރިތަކުން މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ "މުދަލާއި ޚިދުމަތް ފޯރުކޮށްދެއްވުމަށް އެދޭ ފަރާތްތަކުން ރަޖިސްޓްރީކުރާ ފޯމް" ފުރިހަމަކުރެއްވުމަށް ފަހު މިމިނިސްޓްރީއަށް ހުށަހެޅުމަށް ދެންނެވީމެވެ. އީ- މެއިލް މެދުވެރިކޮށްވެސް ރަޖިސްޓްރީވުމަށް އެދި ހުށަހެޅޭނެއެވެ.

ވެންޑަރ ރަޖިސްޓްރޭޝަނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާ ފަރާތްތަކުން ([email protected]) އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020261 ،3020286 ،3020212 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

27 ސެޕްޓެންބަރު 2020
ހޯދާ