ދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މިމަރުކަޒުގެ ކުލާސް ރޫމަށް ބޭނުންވާ ޓީ.ވީ ހޯދަދޭނެ ފަރާތެއް ހޯދުން

މި މަރުކަޒުގެ ޕީ.ޓީ.އޭ ގެ ފަރާތުން ކުލާސްރޫމްތަކުގައި ޓީވީ ހަރުކުރުމަށްޓަކައި ޓީވީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)GS24/2020/12  (19) (އޮގަސްޓް 2020) އިޢުލާނާއި ގުޅިގެން ހުށައެޅިފައިވާ ބީލަންތަށް އަގު ބޮޑުކަމަށް ފެންނާތީވެ، އެ އިޢުލާން ބާތިލްކޮށް، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް  ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މިބީލަންމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 28 ސެޕްޓެމްބަރ 2020 އިން 07 އޮކްޓޯބަރ 2020  އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 13:00 އަށް މިސްކޫލުގެ އިދާރާ އަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ތިރީގައި ދެންނެވިފައިވާ އެޑްރެސްއަށް ކުންފުނި/ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ، ފޯން ނަންބަރ، ގުޅޭނެ ފަރާތެއްގެ މަޢުލޫމާތު، 07 އޮކްޓޯބަރ 2020 ވާ ބުދަދުވަހުގެ 13:00 ކުރިން އީމެއިލް ކުރެއްވުން އެދެމެވެ.

ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 11 އޮކްޓޯބަރ 2020 ވާ އާދިއްތަ  ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ  12 އޮކްޓޯބަރ 2020 ވާ ހޯމަ ދުވަހުގެ 11:00 ގައި ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. 

ދ. އަތޮޅު ތަޢުލީމީ މަރުކަޒު

ދ. ކުޑަހުވަދޫ، ދިވެހިރާއްޖެ

ފޯން: 7952914

އީ-މެއިލް: [email protected]

27 ސެޕްޓެންބަރު 2020
ހޯދާ