މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
KOG PACKING SERVICE

 

އިޢުލާން

 

           މިކުންފުނީގެ ފްރެޝްފިޝް ޕްރޮސެސިންގ ޕްލާންޓް "ކަނޑުއޮތްގިރީ ފިޝްވިލެޖް" އިން އާއްމު ފަރާތްތަކަށް ދެމުންއައި މަސް ބަންދު ކޮށްދިނުމުގެ ޚިދުމަތް ދުވަސްތަކަކަށް މެދުކެނޑިފައި އޮތުމަށްފަހު، އަލުން ފުރުޞަތު ހުޅުވާލަމެވެ.

          މިކަމުގެ މަޤްޞަދަކީ، މަސްވެރިކަމުގެ ޞީނާޢަތް ފުޅާކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ބޮޑުކަންނެލީގެ އިތުރުން ފަރުމަހުގެ ބާވަތްތައްވެސް ބަންދުކޮށް ރާއްޖެއިން ބޭރުކުރެވޭ މަހުގެ ބާވަތްތައް އިތުރު ކުރުމާއި، އެކްސްޕޯރޓްކުރުމުގައި އާއްމުންގެ ބައިވެރިވުން އިތުރުކުރުމެވެ. އަދި ރާއްޖެއިން އެކްސްޕޯރޓްކުރެވޭ ތާޒާ މަހުގެ ބާވަތްތައް އިތުރުވެގެން ދިޔުމުން، ރާއްޖެއަށް އެތެރެވާ ބޭރުފައިސާގެ މިންވަރު އިތުރުވެގެން ދިޔުމުގެ މަގުތަނަވަސް ކުރުމެވެ.

          މިހެންވެ ކަނޑުއޮތްގިރީގައި ބޮޑުކަންނެއްޏާއި ފަރުމަސް ބަންދު ކުރުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން މިކަމަށް އެދި ފޯމް ހުށަހެޅުއްވުން އެދެމެވެ. ކަނޑުއޮތްގިރީގެ ވަޞީލަތްތައް ހުރި މިންވަރުން ފުރުޞަތު އެރުވޭނެއެވެ. "ކަނޑުއޮތްގިރީ ފިޝްވިލެޖްގައި މަސް ޕެކްކުރުމަށް އެދި ހުށަހަޅާފޯމް" މިފްކޯގެ ވެބްސައިޓްއިންhttps://mifco.com.mv/download  ޑައުން ލޯޑުކުރެވޭނެއެވެ.   

 

26 ސެޕްޓެންބަރު 2020
ހޯދާ