ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ކާޕެންޓަރ

ކާޕެންޓަރ

ތައުލީމީ ފެންވަރާއި ތަޖުރިބާ:
- އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއިއެކު 4 އަހަރު ދުވަހުގެ ވަޑާންކުރުމުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަސައްކަތާއި ގުޅުންހުރި ސަނަދެއް / ލައިސެންސްއެއް ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:
ސެކްޝަންގެ ޕްރޮޖެކްޓްތަކުގެ ވަޑާމާއިބެހޭ އެންމެހާ މަސައްކަތްތައްކޮށް، ޕްރޮޖެކްޓްތަށް ނިންމަންޖެހޭ ސުންގަޑިއަށް ނިންމުމުގައި އެހީތެރިވެދިނުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- މިކޯޕަރޭޝަނުން ހިންގާ ޕްރޮޖެކްޓްތަކުގެ ވަޑާމުގެ މަސައްކަތްކުރުން.
- އިމާރާތް ކުރުމާއި ޕާކުތައް ބެލެހެއްޓުމާއި މަރާމާތުކުރުމަގައި އެކުލެވޭ ވަޑާމުގެ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- ކާޕެންޓްރީ މަސައްކަތް ރަނގަޅަށް ދަންނަ މީހެއްކަމުގައިވުން.
- މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރުން.
- މަސައްކަތްތައް ކަނޑައެޅިފައިވާ ވަގުތަށް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
- 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން.

މުސާރަ: 9800.00ރ – 16300.00ރ އާއި ދެމެދު. (ތަޢުލީމީ ފެންވަރަށާއި މަސަތަކަތުގެ ތަޖްރިބާއަށް ބަލައިގެން)
.....................................................................................................................................................................................................

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަނަވަރާއި އަދި އެކްރިޓެޑްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ޕޮލިސް ރިޕޯރޓް (އިންޓަވިއުއަށް ހޮވިއްޖެނަމަ ހުށަހަޅަންޖެހޭ)، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 30 ސެޕްޓެންބަރ 2020 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މިކޯޕަރޭޝަނުގެ ރިސެޕްޝަނަށް ވަޒީފާއަށް އެދޭ ފޯރމް ފުރިހަމަކުރުމަށްފަހު ހުށައެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމް މިކޯޕަރޭޝަނުގެ މައިއޮފީހުންނާއި އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3355305 އަށް ގުޅާލައްވާ.

ލިންކު: (https://rb.gy/s5mwwf

 

24 ސެޕްޓެންބަރު 2020
ހޯދާ