އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންފުށީ ކުޅިވަރު އެކުވެނި އެކި އެކި ބޭނުންތަކަށް ބޭނުންކުރުމާއި ދޫކުރުމުގެ އުޞޫލް

ފެންފުށީ ކުޅިވަރު އެކުވެނި އެކި އެކި ބޭނުންތަކަށް ބޭނުންކުރުމާއި ދޫކުރުމުގެ އުޞޫލް

އދ. ފެންފުށީ ކުޅިވަރު އެކުވެނި ބޭނުންކުރެވޭނެ ކަންކަން

1-      ޒުވާނުންނަށް ބޭނުންވާ ކުޅިވަރަގެ ހަރަކާތްތަކަށް

2-      އދ. ފެންފުށީގެ ކުލަބް ޖަމިއްޔާ ތަކުން ހިންގާ ހަރަކާތްތަށް ބޭއްވުމަށް

3-      ދީނީ ދަރުސްތަށް ބޭއްވުމަށް

4-      އދ. ފެންފުށީ ކައުންސިލުން ރާވާ ހިންގާ އެކި އެކި ހަރަކާތްތައް ބޭއްވުމަށް

 

1-     ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ހަރަކާތްތަކަށް ކުޅިވަރު އެކުވެނި ބޭނުންކުރެވޭނެ ގޮތް

(ހ) ފެންފުށީ ޒުވާނުންނަށް ފުޓްބޯޅަ ކުޅުމަށް ކޮންމެ ރެޔަކު 08:00ން 00:00ށް ދަނޑުބޭނުން ކުރުމަށް ހުޅުވާލެވިފައި ހުންނާނެއެވެ. މިވަގުތު ތަކުގެ ތެރެއިން މެޗް ކުޅެން ބޭނުންވާ ފަރާތްތަކަށް ދަނޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު 2 ދުވަހު (ހޯމަ،ހުކުރު) ރޭގަނޑު 20:00ން 21:30އަށެވެ. އަދި ކުޑަކުދިންނަށް ހާއްސަ ކޮއްގެން ކޮންމެ ދުވަހަކު 16:00ން 18:00ށް ދަނޑު ހުޅުވިފައި ހުންނާނެއެވެ.

(ށ) ރަށުންބޭރު ޓީމުތަކާއިއެކު ފުޓްސެލް މެޗު ކުޅުމަށް ހުކުރު ދުވަހު ހަވީރު 16:00 އިން 17:15 އަށް ދަނޑު ދޫކުރެވޭނެއެވެ.

(ނ) ހޭންޑް ބޯލް މެޗުތައްކުޅުމަށް އަމިއްލަ ފަރާތްތަކަށް ބްރާސްފަތި ދުވަހު ހަވީރު 16:00 އިން 17:15 އަށް ކުއްޔަށް ދޫކުރެވޭނެއެވެ. (މި މާއްދާ ފުޓްސެލް ދަނޑު ހަދާނިމި ހުޅުވޭދުވަހުންފެށިގެން ބާތިލް ވާނެއެވެ.)

(ރ) ކުޅިވަރު އެކުވެނީގައި މެޗް ކުޅެންބޭނުންވާ ފަރާތްތަކުން މެޗް ކުޅުމުގެ 24 ގަޑިއިރު ކުރިން ދަނޑު ކުއްޔަށް ނެގުމަށް އެދޭ ފޯމް އާއި ފީ ގެ ގޮތުގައި ކަނޑައެޅިފައިވާ -/100ރ (އެއްސަތޭކަ ރުފިޔާ) އދ. ފެންފުށީ ކައުންސިލްގެ އިދާރާ އަށް ހުށައަޅަންވާނެއެވެ.

(ބ) ކުޅިވަރު އެކުވެނި ދަނޑު ބޭނުން ކުރުމުގައި ކައުންސިލުން ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލުކުރަންޖެހޭނެއެވެ.

2-     އދ. ފެންފުށީ ގެ ކްލަބް ޖަމްއިއްޔާ ޖަމާއަތްތަކުން ހިންގާ ހަރަކާތްތައް ބޭއްވުމަށް

އދ. ފެންފުށީގައި ހަރަކާތްތެރިވާ ކުލަބް ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ޖަމްއިއްޔާތަކުން އިސްނަގައިގެން ބާއްވާ ކުޅިވަރު ބޭއްވުން

3-     ދީނީ ދަރުސުތައް ބޭއްވުމަށް

އަމިއްލަ ފަރާތްތަކުންނާއި ޖަމްއިއްޔާ ޖަމާއަތްތަކުން ރަށުގެ ރައްޔިތުން ދީނީ ގޮތުން ހޭލުންތެރި ކުރުވުމަށް ބާއްވާ އެކި އެކި ދީނީ ދަރުސްތަކަށް ކުޅިވަރު އެކުވެނި ދޫކުރާނީ ހިލޭއެވެ. މިފަދަ ހަރަކާތްތައް ބޭއްވުމަށް އެދި ހުށަހަޅަންވާނީ ރަސްމީކޮށް ކައުންސިލްގެ އިދާރާ ހުޅުވިފައިހުންނަ ދުވަސްދުވަހު އެކަމަށް އެދޭ ފޯމް މެދުވެރިކޮށް ކައުންސިލްގެ އިދާރާ އަށެވެ.

4-     އދ. ފެންފުށީ ކައުންސިލުން ހިންގާ ހަރަކާތްތައް ހިންގުމަށް

އދ. ފެންފުށީ ކައުންސިލުން ފެންފުށީގެ ރައްޔިތުންނާ ބައްދަލުކުރުމާއި އަދި ރައްޔިތުންނާއި ގުޅުންހުރި އެކި އެކި ހަރަކާތްތައް ރާވާ ހިންގުމަށް ކުޅިވަރު އެކުވެނި ބޭނުންކުރެވޭނެއެވެ. އދ. ފެންފުށީ ކައުންސިލާއި ދައުލަތުގެ މުއްސަސާތަކާއި އަދި ކުލަބް ޖަމްއިއްޔާ ޖަމާއަތްތަކާ ގުޅިގެން ހިންގާ ހަރަކާތްތަށް ހިންގުމަށްވެސް ކުޅިވަރު އެކުވެނި ބޭނުންކުރެވޭނެއެވެ.

24 ސެޕްޓެމްބަރު 2020

2020 ވަނަ އަހަރުގެ 19 ވަނަ އާނމު ބައްދަލުވުމުން ގައި އުޞޫލް އޮސްލާހް ކުރެވިފައި

24 ސެޕްޓެންބަރު 2020
ހޯދާ