ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކެންޓީން ކުއްޔަށް ދިނުމާއި ގުޅޭ

މި އިޢުލާންވަނީ 30 ސެޕްޓެންބަރު 2020 10:16 ގައި ބާތިލް ކުރެވިފައެވެ.


 

 

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތްސައިންސަސް ގޯތިތެރޭގައި ގާއިމްކޮށްފައިވާ ކެންޓީން ހިންގައިދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 


 

    ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތްސައިންސަސް ގޯތިތެރޭގައި ގާއިމްކޮށްފައިވާ ކެންޓީން ހިންގައިދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.ވީމާ އެމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

 

 

 

މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުން

 

 

 

          މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ  01 އޮކްޓޯބަރ  2020 ވާ  ދުވަހުގެ ހެނދުނު 11:00 ގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އިދާރީ މަރުކަޒުގައި  މި ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ. 

 

ބީލަން ބަލައިގަތުން

 

 

 

           ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ  12 އޮކްޓޯބަރ  2020  ވާ  ދުވަހު 11:00 ގައި ދިވެހިރާއްރޭއްގެ ގައުމީ ޔުނިވަސިޓީގެ އިދާރީމަރުކަޒު، ރައްދެބައިހިނގުން، މާލެ ގައެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

 

          ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް ކަމުގައިވާންވާނެއެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުން

 

 

 

          މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ގުޅުޅުއްވާނީ.

 

·         3345193'3345134

 

         އީ-މެއިލް ކުރައްވާނީ ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ، އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

 

 

 

 

ނޯޓް:
      ބީލަމާއެކު ހުށަހަޅާ އަގުބަޔާންކުރާ ޝީޓު ނުވަތަ ކޯޓޭޝަންގައި ބީލަންހުށަހަޅާ ފަރާތުގެ ސޮޔާއި ކުންފުންޏެއްނަމަ، ކުންފުނީގެ ތައްގަނޑުޖަހާފައި ހުންނަވާނެއެވެ.  މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ.

 

 

 

 

 

 

24 ސެޕްޓެންބަރު 2020
ހޯދާ