މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.މާކުރަތު ކައުންސިލް އިދާރާގައި ބޭނުންކުރާ ޕިކަޕު މައްސަލައެއް ޖެހިއްޖެ ހާލަތެއްގައި ބޭނުންކުރާނެ ޕިކަޕެއް ހޯދުމާ ގުޅޭ

އިޢުލާން

ރ.މާކުރަތު ކައުންސިލް އިދާރާގައި ބޭނުންކުރާ ޕިކަޕު މައްސަލައެއް ޖެހިއްޖެ ހާލަތެއްގައި ބޭނުންކުރާނެ ޕިކަޕެއް ހޯދުމާ ގުޅޭ

މި އިދާރާގެ ނަންބަރު: (IUL)305/305/2020/68 (16 ސެޕްޓެމްބަރ 2020) ގައި ކޮށްފައިވާ ޢިއުލާނު ގެޒެޓް ކޮށްފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރީމެވެ.

ރ.މާކުރަތު ކައުންސިލް އިދާރާގައި ބޭނުންކުރަމުން ގެންދަވާ ޕިކަޕް މައްސަލައެއް ޖެހިއްޖެ ހާލަތެއްގައި ބޭނުންކުރުމަށް ޕިކަޕެއްކުއްޔަށް ނަގަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 05 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ 10:00 އަށް މާކުރަތުކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 08 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ 10:00 އަށް މާކުރަތު ކައުންސިލް އިދާރާގެ މީޓިންގް ރޫމަށް ވަޑައިގެން ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

 މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                           07 ޞަފަރު 1442

24 ސެޕްޓެންބަރު 2020
ހޯދާ