މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދުތައް ބޭއްވުމަށް ގަރާޖު ކަނޑައެޅުމުގެ އުސޫލު

ތަޢާރަފް

      މިއީ މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލުން ދޫކުރާ އެއްގަމު އުޅަނދުފަހަރު ގަރާޖްގައި ރަޖިސްޓިރީކުރުމަށް ހުށައެޅުމުން އެތަނަކީ އެފަދަ ކަމަކަށް އެކަށީގެންވާ ތަނެއްތޯބަލާ ލިޔުންދޫކުރުމަށް ތައްޔާރުކުރެވިފައިވާ އުސޫލެކެވެ. މިއުސޫލު ހަދާފައިވަނީ 2009 އެޕްރީލް 29 ގައި އަމަލުކުރުމަށް ފަށައިފައިވާ އެއްގަމުގައި ދުއްވާ އިންޖީންލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ޤަވާއިދުގެ 4 ވަނަ މާއްދާގެ " ރ " ގައި ކައުންސިލަށް ލބިގެންވާ ބާރުގެ ތެރެއިންނެވެ.

އަމަލުކުރުން

  1. މިއުސޫލަށް އަމަލުކުރަން ފަށާނީ ކައުންސިލުން މިއުސޫލު ފާސްކޮށް އާއްމުކުރާ ތާރީހުންފެށިގެންނެވެ.
  2. މިއުސޫލަކީ ށ.ފުނަދޫގައި އެއްގަމު އުޅަނދުތައް ޕާކްކުރުމަށް ހަދާ ޕާކިންގ ގަރާޖަށް ހުއްދަދިނުމުގައި ގެންގުޅޭ އުސޫލެވެ.

ގަރާޖު ހުއްދަ ދޫކުރާއިކު ބަލާނެ މިންގަނޑުތައް ތިރީގައި ބަޔާކޮށްފައި އެވަނީއެވެ.

  1. ގަރާޖެއްގެ ގޮތުގައި ދައްކާތަނަކީ ސަރުކާރުގެ ކަމާއިބެހޭ އިދާރާއެއްގައި ރަޖިސްޓްރީކޮށް ހުއްދައޮތް ބިމެއް ކަމަށްވާންނާނެވެ.
  2. ގަރާޖުގެ ބޮޑުމިން ކަނޑައަޅާނީ ، އެގަރާޖެއްގައި ބާއްވާ އުޅަނދެއްގެ ދިގުމިނަށްވުރެ 3 ފޫޓް އަދި ފުޅާމިނަށްވުރެ 3 ފޫޓް އިތުރަށް ހުންނަންވާނެވެ.
  3. ގަރާޖަކީ ތަޅުންއަޅައި ސީލިންގ ކޮށްފައިވާ ތަނެއްނަމަ އެތަނުން ސީލިންގއާއި ތަޅުމާ ދެމެދު މަދުވެގެން އުޅަނދުގެ އުސްމިނަށްވުރެ 3 ފޫޓުގެ ހުސްޖާގަ ހުންނަން ވާނެވެ.
  4. ގަރާޖްގެ ވަށައިގެން އެންމެތިރިވެގެން 4 ފޫޓަށް ރާނާ 4 ފޫޓު އުސްމިނުގެ ގޭޓްލައި ހަރުކުރެވެންވާނެވެ.
  5. ގަރާޖުގައި ތަޅުން އަޅާފައިވާނަމަ ތަޅުން އޮންނަންވާނީ އެއްހަމައަކަށް ލެވެލްކޮށް އުޅަނދަށް ފަސޭހަކަމާއިއެކު ވަދެ ނިކުމެވޭ ގޮތަށެވެ. އަދި ތަޅުމެއް ނެތްނަމަ އެތަން އޮންނަންވާނީ އެއްހަމައަކަށް ލެވެލްކޮށް އުޅަނދަށް ފަސޭހަކަމާއިއެކު ވަދެ ނިކުމެވޭ ގޮތަށެވެ.
  6. ފުނަދޫ ކައުންސިލުން ގަރާޖު ޗެކްކުރާއިރު ފޯމްގައި ބަޔާންކޮށްފައިވާ މިންތައް ހަމަނުވާނަމަ އެ ގަރާޖަކަށް ރަޖިސްޓަރީ ކުރާ ލިޔުން ދޫކުރެވޭނީ އެ ގަރާޖުގެ މިންތައް އިސްލާހުކުރުމަށްފަހު ހުށައެޅުމުންނެވެ.
  7. ގަރާޖު ޗެކްކުރާއިރު އެގަރާޖުގައި ވެހިކަލް ގަރާޖުކުރުން ނޫން އެހެން ބޭނުމެއް ކުރާނަމަ އެފަދަ ތަނަކަށް ގަރާޖު ރަޖިސްޓަރީކޮށެއް ނުދެވޭނެއެވެ.
  8. ގަރާޖު ހުންނަ މަގުގެ ފުޅާމިނުގައި މަދުވެގެން 10( ދިހައެއް) ފޫޓު ހަމަވާން ވާނެއެވެ.
  9. އެއްބަސްވުމެއްގެ ދަށުން ދިގުމުއްދަތަކަށް ކުއްޔަށް ހިފައިފައިވާ ގޯއްޗެއްގައި ގަރާޖް ހުއްދަ އެއްހޯދުމަށް ގޭގެ ވެރިފަރާތުން ނޫން ފަރާތަކުން  ހުށަހަޅާނަމަ ގޭގެ ވެރިފާތުން އެ ގަރާޖުގައި އުޅަނދު ބޭއްވުމާއި މެދު އިއުތިރާޟު ނުކުރާކަމަށް ދީފައިވާ ލިޔުމާއި ގޭގެ ވެރިފާތުގެ އައިޑީ ކާޑުކޮޕީ ހުށައަޅަންވާނެވެ.
  10. ޕޭމަންޓް ހެދިފައިވާ މަގުތަކުގައި ގަރާޖް ހަދާނަމަ ޕޭމަންޓަށް އެއްވެސް ބަދަލެއް ގެނެސްގެންނުވާނެވެ. ނަމަވެސް ކާނަށް ފެންހިދޭގޮތަށް ރޭންޕެއް ހެދިދާނެވެ.
  11. މި އުސޫލުގައި ބަޔާންކޮށްފައި ނެތް ކަމެއް ދިމާވެއްޖެނަމަ އެކަމެއް ނިންމާނީ ފުނަދޫ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

 

             23 ސެޕްޓްމްބަރ 2020

24 ސެޕްޓެންބަރު 2020
ހޯދާ