މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ސަކުވާއެއްވޭތޯ ބެލުން

      މިރަށުގެ މިސްކިތްމަގުގެ ހުޅަނގު ކޮޅުގައި ހުރި ރުއްގަހާއި އަލަށް ދޫކުރެވުނު ގޯތިތަކުގެ ދެކުނުން ހަދާ މަގުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ވެރިފަރާތާމެދު އެއްވެސް ޝަކުވާއެއް ވޭތޯ ބެލުމަށް ބޭނުންވެއެވެ.

      ވީމާ، އެސަރަހައްދުގައި މިއިދާރާއިން 1 ން 114 ށް ރަތްކުލައިން ކަނޑާ ނަންބަރު ޖަހާ، ރަތްބަންދު އަޅާފައިވާ ރުއްގަހުގެ ވެރިފަރާތުގެ ނަމާއި ގޭ ނަންބަރު ނުވަތަ ގޭގެ ނަން ޖެއްސެވުމަށްފަހު އެކަން 2020 އޮކްޓޯބަރ 01 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް އެންގެވުމަށް ދަންނަވަމެވެ. މިގޮތަށް އަންގަވާއިރު އެތަކެތީގެ ލިސްޓެއް މިއިދާރާއިން ޖަހާފައިވާ ކަނޑާނަންބަރު އިގޭނެގޮތަށް ހުށަހެޅުމަށްވެސް ދަންނަވަމެވެ. އަދި ރުއްގަހުގެ މައްސަލައާއި ގުޅިގެން އެއްވެސް ފަރާތެއްގެ ސަކުވާއެއްވާނަމަ 2020 އޮކްޓޯބަރ 01 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް އެކަން ލިޔުމަކުން  އެންގެވުމަށް ދަނަނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި އެތަކެތީގެ ނަންބަރު ޖަހާފައި ނުވާނަމަ އަދި ސަކުވާއެއް ހުށަހަޅާފައި ނުވާނަމަ ބެލެވޭނީ އެތަކެތީގެ ވެރިފަރާތް ނުވަތަ ސަކުވާއެއް ނެތީކަމުގައެވެ.

      މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

23 ސެޕްޓެންބަރު 2020
ހޯދާ