މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަމަދޫ ސްޓޭޖްގެ ބައެއް މަސައްކަތްތައް ކުރުމާއި ގުޅޭ

މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ

ބ. ކަމަދޫ ، ދިވެހިރާއްޖެ.

Secretariat of the South MaalhosmaduluKamadhoo Council

Baa.kamadhoo,Rep.Of Maldives

                                             

                                                                                   ނަންބަރ:IUL)314-SS/INDIV/2020/44)

އިޢުލާން

އަންދާސީ ހިސާބު ހޯދުން

      1. މިކައުންސިލްގެ ފަރާތުން ކަމަދޫ ބަނދަރު ސަރަޙައްދުގައި ތަރައްޤީ ކުރަމުންގެންދާ ސްޓޭޖްގެ ދެއަރިމަތީ ފާރާއި ފަހަތުފާރު ރާނާ ސިމެންތިޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

      2. މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2020 ސެޕްޓެންބަރު 30 ވާ ބުދަ ދުވަހުގެ 14.00 ގެ ކުރިން [email protected] މެއިލް ކުރުމުން  ނުވަތަ ކައުންސިލް އިދާރާއަށް ހާޟިރުވުމުން ރަޖިސްޓްރީ ކުރެވޭނެއެވެ.

      3. މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވަނަމަ 2020 ސެޕްޓެމްބަރު 29 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން ނުވަތަ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުމަށް އެދެމެވެ.

      4. މިމަސައްކަތާއިގުޅޭ އެންމެހާ ސަޕޯރޓިން ޑޮކިޔުމެންޓްސް ރަޖިސްޓްރީވާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ނުވަތަ ކައުންސިލް އިދާރާއަށް ހާޟިރުވުމުން ފޯރުކޮށްދެވޭނެއެވެ.

      5. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 05 އޮކްޓޫބަރު 2020ވާ ހޯމަ ދުވަހުގެ 12.30ގައި ކަމަދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.އަދި ސިޓީއުރައިގެ ބޭރުގައި "ކަމަދޫ ސްޓޭޖްގެ ފާރުތައް ރާނާ ސިމެންތި ޖެހުމުގެ މަސައްކަތް" މިހެން ލިޔެފައި އޮންނަންވާނެއެވެ.  އަދި ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ދެފުށުގެ ފޮޓޯކޮޕީ / ކުންފުންޏަކުންނަމަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީއާއި ކުންފުނީގެ ފަރާތުން ބަދަލުގައި މީހަކު ފޮނުވާނަމަ އެފޮނުވާމީހެއްގެ މުއްދަތު ހަމަނުވާ އައިޑީކާޑްގެ ދެފުށުގެ ކޮޕީގެ އިތުރުން، އިއުތިރާޒެއް ނެއްކަމުގެ ލިޔުން ހުށަހަޅާންވާނެއެވެ.

             މިކަމަށްއެދި އަންދާސީ ހިސާބު ހުށަހެޅޭނީ މިބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިއިދާރާގެ ނަންބަރ 6600051 ފޯނާ  ރަސްމީގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                  މިހެންވެ މިކަން އާޢްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

06 ޞަފަރު 1442

 23 ސެޕްޓެންބަރު 2020 

23 ސެޕްޓެންބަރު 2020
ހޯދާ