ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ނީލަން ކިޔުން

       އަލަށް ދޫކުރި ގޯތިތަކުގެ އިންވަކި ކުރުމަށް ދަތިވެގެން ކަނޑާފައިވާ ރުއްގަހާއި މީހުން ދިރި އުޅެމުންދާ ބައެއްގޯތި ގޯތީގެ އިމާރާތަށް ދަތިވެގެން ކަނޑާފައިވާ ރުއްގަހުގެ ނީލަން ކިއުން 24 ސެޕްޓެމްބަރ  2020 ދުވަހުގެ މެންދުރު ފަހު 13.00 ގައި އެރުއްގަސް ދޮށުގައި އޮންނާނެއެވެ.

       މިނީލަމުގައި ވާހައި ގިނަ ފަރާތްތަކަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިއިދާރާގެ އެދުމެކެވެ.

       ނީލަމުން ނަންގަވާ ރުއްގަހުގެ އަގު ވަގުތުން އަދާ ކުރައްވަން ޖެހޭނެއެވެ. ވަގުތުން އަގު އަދާ ނުކުރައްވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަން ކިޔޭނެއެވެ. ނީލަމަށް ވަޑައިގަންނަވާ ފަރާތްތަކުން ވަޑައިގަންނަވާނީ ފެންފުލާންޓް ކައިރިއަށެވެ.

       ނީލަމުން ނަންގަވާ ރުއް 2 ދުވަހުގެ ތެރޭގައި ގެންދަވަން ވާނެއެވެ. 2 ދުވަހުގެ ތެރޭގައި ނުގެންދަވާ ރުއް ބޭނުންނެތީކަމުގައި ބަލައި، އުކައިލުން ނުވަތަ ބޭނުންވާ ފަރާތްތަކަށް ދޫކޮށްލުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

       މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

23 ސެޕްޓެންބަރު 2020
ހޯދާ