އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް އެގްޒެކްޓިވް ހައުސްކީޕަރ

މަޤާމް :އެސިސްޓެންޓް އެގްޒެކްޓިވް ހައުސްކީޕަރ
ބޭނުންވާ އަދަދު :1

އިއުލާން

 

 

މި ހޮސްޕިޓަލުގައި އެސިސްޓެންޓް އެގްޒެކްޓިވް ހައުސްކީޕަރ މިމަގާމުގައި މަސައްކަތްކުރެއްވުމަށް ކޮންޓްރެކްޓް އުސޫލުން މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެސިސްޓެންޓް އެގްޒެކްޓިވް ހައުސްކީޕަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ސެކްޝަން

އެސްޓޭޓް ޑިޕާޓްމަންޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް

މުސާރަ:

 

 

މަސައްކަތު މުއްދަތު:

މަސައްކަތްކުރަންޖެހޭ ވަގުތު:

މަހަކު : -/15000 ރުފިޔާ އާއި -/14000 ރުފިޔާއާއި ދެމެދު

(މިމަގާމްގެ މުސާރަ ކަނޑައަޅާނީ ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއިން މިމަގާމުގައި މަސައްކަތްކުރުމަށް ހޮވޭ ފަރާތެއްގެ ތައުލީމާ ތަޖުރިބާއަށް ބެލުމަށްފަހުގައެވެ.)

1 އަހަރު (މީލާދީ)

ދުވާލަކު މަދުވެގެން 8 ގަޑިއިރު ރަސްމީ ގަޑި (އަދި އިތުރުގަޑީގައި މަސައްކަތްކުރެއްވި ނަމަވެސް އިތުރުގަޑީގެ ފައިސާ ލިބިނުލައްވާނެއެވެ.)

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް      

މައިގަޑު ޒިންމާތަކުގެ ތެރޭގައި މާލެ ހޮސްޕިޓަލްސް ގޮތުގައި ނިސްބަތްވާ ހޮަސްޕިޓާތަކުގެ ހަވާލުކުރެވޭ ތަންތަނުގެ ސާފުތާހިރުކަމާއި ގުޅޭ އެންމެހާމަސައްކަތްތައް ކުރުވާ ބެލެހެއްޓުން، މިތަންތަނުގެ ކުނި މެނޭޖް ކުރުން، ހޮސްޕިޓާތަކުގެ ލިނެންސް ތަކުގެ ސާފުތާހިރުކަން ޔަގީންކުރުން އަދި ހައުސް ކީޕިންގް ޔުނިޓްެގެ ހުރިހާ މުއަައްޒަފުންގެ އެންމެހާ ކަންތައްތައް ބެލެހެެއްޓުންހިމެނެއެވެ.

(އަދި މި މަޤާމުގެ މަސްއޫލިއްޔަތުތަކުގެ މައުލޫމާތު ބަޔާންކޮށްފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) މި އިއުލާނާއިއެކު ޑައުންލޯޑްކުރެވެން ހުންނާނެއެވެ.)

މަޤާމުގެ ޝަރުތުތައް:

 

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

 

 

 

   ޝޯޓްލިސްޓްކުރުން:

1.ހޮޓެލް މެނޭޖްމަންޓް އެންޑް ހޮސްޕިޓަލިޓީ  ނުވަތަ، ހައުސްކީޕިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ

2.ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

- ހޮޓެލް މެނޭޖްމެންޓް އެންޑް ހޮސްޕިޓަލިޓީގެ ހައުސްކީޕިން/ސެނިޓޭޝަން މަސައްކަތުގެ ދާއިރާއިން  މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

- ހައުސްކީޕިންގް ސުޕަވައިޒަރީގެ ދާއިރާއިން މަދުވެގެން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

- އިތުރު ޕޮއިންޓް ދިނުމުގައި ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކަށް އިސްކަންދެވޭނެ.

 މި މަގާމަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅުއްވާ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތައް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް  ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ޕޮލިސްރިޕޯޓް (3 މަސްހަމަނުވާ)

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 1 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހުގެ  13.00 ގެ ކުރިން، [email protected] މެއިލަށެވެ.

ނޯޓް: ވަޒީފާއަށްއެދޭ ސިޓީއާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމްގެ ނަން އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ. މިނޫން ގޮތަށް ހުަށަހަޅާ ސިޓީ ލިޔުންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ،1 އޮކްޓޯބަރ 2020 އާއި 10 އޮކްޓޯބަރ 2020 ދެމެދު މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުުވެގެން ތިބުން އެދެމެވެ. އަދި އިންޓަރވިއު އޮންނަ ދުވަހަށް އިންޓަރވިއުއަށް ހާޟިރުނުވެއްޖެނަމަ ފަހުން އިންޓަރވިއުއެއް ނުދެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3335343 ނަންބަރު ފޯނަށެވެ.

 

6 ސަފަރު 1442

23 ސެޕްޓެމްބަރ 2020

23 ސެޕްޓެންބަރު 2020
ހޯދާ