ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ބޮޑު ޑަސްބިން ހޯދުން

ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

ހޯދަން ބޭނުންވާ ތަކެތީ ތަފްޞީލް:

 

 

ހޯދަން ބޭނުންވާ މުދާ

ބޭނުންވާ އަދަދު

ޑަސްބިން (240 ލިޓަރ)

2

ޑަސްބިން (200 ލިޓަރ)

10

ޑަސްބިން (180 ލިޓަރ)

10

ޑަސްބިން (180 ލިޓަރ) ފުޓް ޕެޑަލް

10

 

މާކްސްދޭނެގޮތް.

 

އަގަށް       

85%

(އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެގިނަ ޕޮއިންޓް ލިބޭގޮތަށް)

ޑެލިވަރީ މުއްދަތު  

15%

(ލަސްވެގެން 20 ދުވަސްތެރޭގައި ކައުންސިލަށް ޑެލިވަރީ ކުރާގޮތަށް)

 

އަންދާސީ ހިސާބު ހުށަހަޅާ ފަރާތްކުން ސަމާލުކަންދޭންވީ ކަންތައްތައް.

-          އަންދާސީ ހިސާބު ހުށަހެޅޭނީ އިޢުލާނުގައި ހިމަނާފައިވާ ތަކެއްޗަށް އެއް އަންދާސީ ހިސާބެވެ.

-          އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ތަކެތީގެ ފުރިހަމަ މަޢުލޫމާތު )ސްޕެސިފިކޭޝަން) އެގޭނެހެން ހުށަހަޅަންވާނެއެވެ.

-          އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ މާލީ ޤާބިލްކަން މަދުވެގެން ހުށަހަޅާ އަގުގެ 15 ޕަސެންޓު ހުންނަންވާނެއެވެ.

-          އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ތަކެތި ސަޕްލައިކޮށްދެވޭނެ މުއްދަތު ހިމަނަންވާނެއެވެ.

-          އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ޖީ.އެސް.ޓީ އަށްވާ ޢަދަދު ވަކިން އެގޭނެހެން ހުށަހެޅުއްވުން.

-          އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެފަހުން އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ

 

ހުށަހަޅަންޖެހޭ ތަކެތި. 

 

-          ހުށަހަޅާ ފަރާތުގެ ޕްރޮފައިލް އަދި ސެޓްފިކެޓު އޮފް ރެޖިސްޓްރޭޝަނުގެ ކޮޕީ.

-          ޖީ.އެސް.ޓީ. އަށް ރަޖިސްޓަރީ ކުރަންޖެހޭ ފަރާތްތަކުން ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ކޮށްފައިވާ ސެޓްފިކެޓް އޮފް ރެޖިސްޓްރޭޝަނުގެ ކޮޕީ.

-          މާލީ ގާބިލްކަން އަންގައިދޭ ލިއުން: (ބޭންކް ކްރެޑިޓްސިޓީ ، ނުވަތަ ފާއިތުވި 03 މަހުގެ ބޭންކް ސްޓޭޓްމަންޓް، ނުވަތަ ވިޔަފާރީގެ އެންމެ ފަހުގެ އޮޑިޓް ރިޕޯރޓް(

- ޓެކްސް ކްލިއަރެންސް ރިޕޯރޓް.

- ޕްރޮފައިލް: ޕްރޮފައިލްގައި މިދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ. 

            (ހ) ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން:

            (ށ) ފުރިހަމަ އެޑްރެސް:

            (ނ) ފޯން ނަންބަރ:

            (ރ) އީމެއިލް އެޑްރެސް:

            (ބ) މެނޭޖަރުން ފެށިގެން މަތީ ފަރާތްތަކުގެ ނަމާއި މަޤާމު

            (ޅ) ރަޖިސްޓްރީ ނަންބަރ

            (ކ) ކުރަމުންދާ ވިޔަފާރީގެ ޚުލާސާ :

            (އ) ފަންނީގޮތުން ކުރިއަރާފައިވާ މިންވަރު:

            (ވ) ކުރަމުންދާ މައިގަނޑު މަސައްކަތާއި ، ދާއިރާއިން ލިބިފައިވާ ތަޖްރިބާ

   (މ) ކުރަމުންދާ ވިޔަފާރި ޖީއެސްޓީ އަށް ރަޖިސްޓްރީ ކޮށްފައިވާނަމަ ޖީއެސްޓީ ރަޖިސްޓްރީ ނަންބަރ

-          އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ އެލިއުމެއް ހުށަހަޅުއްވަން ވާނެއެވެ.

-          އިޢުލާނުގައި ހުށަހަޅަން ދެންނެވިފައިވާ މަޢުލޫމާތު ހުށަނާޅާނަމަ އެފަރާތެއްގެ ބީލަން ބާތިލްކުރެވޭނެއެވެ.

އަންދާސީހިސާބު ބަލައިގަތުން.

 

ވީމާ މިތަކެތި ސަޕްލައިކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 05 އޮކްޓޯބަރ 2020 ވާ ހޯމަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރ އާއި ހުށަހަޅާފަރާތުގެ ނަން އަދި " ތަކެތި ވިއްކުމަށް އެދި " ލިޔެ ތިރީގައި މިވާ ގޮތަށް އެޑްރެސް ފުރިހަމަކޮށްފައެވެ.

 

" ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ"

ފުވައްމުލައް.

ދިވެހިރާއްޖެ.

 

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

 ފުވައްމުލަކު ސިޓީ ކައުންސިލް،

 ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

 ފޯން: 6862830        

  އީމެއިލް: [email protected]  

22 ސެޕްޓެންބަރު 2020
ހޯދާ