މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު)ގެ 4 ވަނަ މާއްދާގެ ދަށުން އައްޑޫ ސިޓީގެ 4 ސަރަހައްދެއް ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމުގައި ހަމަޖެއްސުން

ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާއާ ހަވާލާދީ، މި މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން 22 ސެޕްޓެންބަރު 2020 އިން ފެށިގެން އައްޑޫ ސިޓީގެ ކުޑަ ކަނޑު ސަރަހައްދާއި މާކިޅި އާއި ފެހެލެ ކިޅި ސަރަހައްދާއި، މާފިށި ކިޅި ސަރަހައްދާއި، މަތި ކިޅި ސަރަހައްދަކީ ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމުގައި ހަމަޖައްސާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. އަދި މި ސަރަހައްދުތައް ބެލެހެއްޓުމުގައި ޢަމަލު ކުރާނީ (ގަވައިދު ނަންބަރު: 2018/R-78) ޤުދުރަތީ ނުވަތަ ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވައިދު ގައިވާގޮތުގެ މަތިންނެވެ. މިސަރަހައްދުތަކާބެހޭ އިތުރު ތަފްޞީލް ތިރީގައި ބަޔާން ކޮށްފައިވާނެއެވެ.

22 ސެޕްޓެންބަރު 2020
ހޯދާ