މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް، ނަރސިންގ

މަޤާމު:

ޑިރެކްޓަރ ޖެނެރަލް، ނަރސިންގ

މަޤާމުގެ ނަންބަރު:

J-311397

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

ހެލްތް ސަރވިސަސް މެނޭޖަރސް     

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް

މަގާމު

މަޤާމުގެ ރޭންކު:

އަސާސީ ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ، މަހަކު (ރުފިޔާ)

ޑިރެކްޓަރ ޖެނެރަލް، ނަރސިންގ

CS18-3

ޑިރެކްޓަރ ޖެނެރަލް،ނަރސިންގ، ސީއެސް 18-2 ގެރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން

 

 

14870/-

 

CS18-2 

ޑިރެކްޓަރ ޖެނެރަލް، ސީއެސް 18-1 ގެރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން

 

14560/-

CS18-1 

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 9ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު ނަރސިންގ ދާއިރާގެ ހިންގުމުގެ ފަންތީގެ (ސީނިއަރ ރެޖިސްޓަރޑް ނަރސް އިން ފެށިގެން މަތި ) މަގާމެއްގައި 8 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

 

-/14250

 

ސަރވިސް އެލަވަންސް

-/281 ރުފިޔާ (މަސައްކަތަަށް ނިކުންނަ ކޮންމެ ދުވަހަކަށް)

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މައިގަނޑު މަސައްކަތްތައް

  1. ނަރސިންގ ޑިޕާޓްމަންޓްގެ އެންމެހާ މަސައްކަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތު ތައްޔާރު ކޮށްފައިވާ ގައިވައިދުތަކާއި އުސޫލުތަކަށް ހޮސްޕިޓަލުގެ ނަރސިންގ ކެއަރ ދިނުމަށް ބޭނުންވާ އެސް.އޯ.ޕީތައް ތައްޔާރުކުރުވާ އެއަށް އަމަލުކުރާކަން ޔަގީންކުރުން
  2. ހޮސްޕިޓަލުން ދެވޭ ނަރސިންގ ކެއަރގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތަށް ވިލަރެސްކޮށް ބެލެހެއްޓުން
  1. ނަރސިންގ ޑިޕާޓްމަންޓްގެ ދަށުންވާ ސެކްޝަން/ޔުނިޓްތަކުން ތައްޔާރުކުރާ ޑިއުޓީ ރޯސްޓަރތަށް އެޕްރޫވްކުރުން. އަދި ފޮނުވަންޖެހޭ އިދާރީ ރިޕޯޓްތަށް ގުޅުން ހުރި ސެކްޝަން ތަކަށް ފޮނުވާކަން ކަށަވަރު ކުރުނުން. ނަރުހުންނާއި އެޓެންޑެންޓުންގެ ޑިއުޓީ ރޯސްޓަރ ޤަވާއިދުން އެޅުމާއި ދުވަހުން ދުވަހަށް އަންނަ ބަދަލު ސިސްޓަމަށް އަޅައި އޮފީހުގެ ހާޟިރީ ބަލަހައްޓާ މުވައްޒަފަށް އެންގުން
  1. ހޮސްޕިޓަލުގައި ތިބޭ ބަލި މީހުންގެ މައުލޫމާތު ބަލާ އިތުރު އިރުޝާދު ދޭންޖެހޭ ކަންތަކަށް ނަރުހުންނަށް ލަފާދިނުން
  1. ނާރސިންގ ދާއިރާއަށް ދިމާވާ މައްސަލަތައް ބަލާ ޙައްލު ކުރުމަށް ފިޔަވަޅު އެޅުން  އަދި ނަރުހުން ނިންމަންޖެހޭ މަސައްކަތް ގަވައިދުން ނިންމާތޯ ބެލުން.
  1. ހުރިހާ ޝިފްޓަކަށް އެކަށީގެންވާ ވަރަށް އެކި ގިންތީގެ ނަރުހުން ހިމެނޭ ގޮތަށް ނަރުހުން ހަމަކުރުން.
  1. މެނޭޖްމެންޓުން އަންގާ އެންގުންތައް ނަރުހުންނަށް އެންގުމާއި އެގޮތަށް އަމަލު ކުރޭތޯ ބެލުން.
  1. ނަރުހުންނަށް ޗުއްޓީ ތާވަލާއި އެއްގޮތަށް ޗުއްޓީ ހަމަޖައްސައި ދެވޭކަން ކަށަވަރު ކުރުން
  1. އޮފީހުން ބާއްވާ ބައްދަލުވުމުގައި ނަރސިންގ ޑިޕާޓްމަންޓް ތަމްސީލުކޮށް ނަރުހުންގެ ދާއިރާގެ މައްސަލަ ހުށައަޅާ މެނޭޖްމެންޓް ސަމާލުކަމަށް ގެނައުން.
  1. ނަރުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ހަމަޖެހިފައުވާ އުސޫލުން ބާއްވާ ބައްދަލުވުންތަށް ބާއްވާ އަދު އެބައްދަލުވުމުގެ ޔައުމިއްޔާ އޮފީހުގެ އިސްވެރިޔާ އާއި ޙިއްސާކުރުން.
  1. ނަރުހުންނަށް ދިމާވާ މައްސަލަތައް ޙައްލު ކުރުމާއި އެކު ނަރުހުންގެ ތެރޭގައި ދިމާވާ ކަންތައްތައް އޮފީހުގެ އިސްވެރިޔާއާއި މަޝްވަރާކުރުން.
  1. ނަރުހުންގެ ފެންވަރު ހިފެހެއްޓުމަޓަކައި ކޮންޓިނުއު ޕްރޮފެޝަނަލް ޑިވަލޮޕްމަންޓް ޕްރޮގްރާމްތަށް ރާވާ ހިންގާނެ އިންތިޒާމް ހަމަޖައްސައި އެޕްރޮގްރާމް ހިންގޭކަން ޔަގީންކުރުން
  1. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާ ފޯމްތަށް ފުރާކަން ޔާގީންކުރުމައި ސުޕަވައިޒް ކުރާ މުވައްޒަފުންގެ މަސައްކަތް ކުރުން.
  1. ރައްކާތެރިކަމާއެކު ބަލިމީހުންނަށް ބެނުންވާ ނަރސިން ކެއަރ ރާވާ، ޚިދުމަތްދީ، އިވެލުއޭޓް ކުރުން.
  1. ބަލިމީހުންނަށް ބޭނުންވާ ޖިސްމާނީ، އިޖްތިމާއި އަދި ނަފްސާނީ ފަރުވާދިނުމުގައި ނަރސިންގ ކެއަރގެ ޕްލޭން އެހެން ޞިއްޙީ ޕްރޮފެޝަނަލުންނާ އެކު ވިލަރެސްކޮށްގެން ރާވާ އެ ޕްލޭނާއެއްގޮތަށް ފަރުވާ ދިނުން.
  1. ބަލިމީހުންނަށް ބޭނުންވާ ހޯލިސްޓިކް ނަރސިންގ ކެއަރ ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ދެވޭނެގޮތް އިންތިޒާމްކޮށް، ރައްކާތެރިކަމާއެކު ޚިދުމަތްދީ ދެވޭ ޚިދުމަތްތައް މޮނިޓަރ ކުރުމާއި އިވެލުއޭޓް ކުރުން.
  1. ފަރުވާދޭ މާހަލުގައި އަދި މުޖުތަމައުގައި ހިންގާ، ނަރުހުންނަށް އުގަންނާދިމުގެ ހަރަކާތްތަކާއި، ޞިއްޙީ ހޭލުންތެރިކަމާއި ޞިއްޙަތު ކުރިއެރުވުމަށް ހިންގާ ޕްރޮގްރާމްތައް ރޭވުމުގައާއި ހިންގުމުގައި ބައިވެރިވުން.
  1. ބަލިމީހާއާއި ބަލިމީހާގެ އާއިލާތަކުން ބަލިން ރައްކާތެރިވުމާއި، ފަރުވާކުރުމާއި ކެއަރ އާ ބެހޭގޮތުން ކުރާ ސުވާލުތަކަށް ޖަވާބުދީ އޮޅުންފިލުވާ ދިނުން.
  1. ނަރުސްކަމާއި ނަރުސްކަމުގެ އިޖުރާއަތުތަކާ ބެހޭ ދިރާސާތައްކޮށް، ސައެންޓިފިކް ލިޔުންތަކާއި ރިޕޯޓްތައް މެދުވެރިކޮށް އެ މައުލޫމާތުތައް ފެތުރުން.
  1. ބަލިމީހުންނަށް ލިޔެދީފައި ހުންނަ ޑޮކްޓަރީ ބޭހާ އެއްގޮތަށް ފަރުވާދީ، އެ ފަރުވާއަށް ބަލިމީހާގެ ހާލަތު ބަދަލުވަމުން އަންނަ ގޮތް ބަލަމުން ގެންދިއުމާއި އޭނާއަށް ބޭނުންވާ ހާއްސަ އެހީތެރިކަމަށް އެހެން ޞިއްޙީ ޕްރޮފެޝަނަލުންގެ ޚިދުމަތް ބޭނުންވާ ޙާލަތްތަކުގައި އެކަންތައްތައް ފެސިލިޓޭޓް ކޮށްދިނުން
  2. ބަލިމީހާގެ ޞިއްޙީ މައުލޫމާތާއި ދެވުނު ބޭސްފަރުވާގެ މައުލޫމާތު، މައުލޫމާތު ރެކޯޑުކުރާ ނިޒާމުގައި ލިޔެ އަޕްޑޭޓްކުރެވޭކަން ޔަގީންކުރުން
  1. ނަރސިންގ ކެއަރގެ ތެރޭން ފޯރުކޮށްދެވޭ ޚިދުމަތްތަކާ ގުޅޭ ރެކޯޑްތައް ބަލަހައްޓާ ޤައުމީ ޞިއްޙީ ޕްލޭންތައް ތައްޔާރު ކުރުމަށް  ބޭނުންވާ މައުލޫމާތު ފޯރުކޮށް ދިނުން.

މަޤާމުގެ މަސައްކަތުގައިވާ އާދަޔާ ޚިލާފު ކަންތައްތައް

  1. ގައިންގަޔަށް އަރާ ބަލިތަކަށް އެކްސްޕޯޒްވުން.
  2. ބަލިމީހުންނަށް ބޭނުންކުރާ (ކަށި، ތިލަ އަދި މިނޫންވެސް ތޫނުތަކެތިން) ލިބިދާނެ ގެއްލުންތައް.
  3. ކެމިކަލްސް، ޑްރަގްސަ ފަދަ ތަކެއްޗަށް އެކްސްޕޯޒުވުން.
  4. ބަލިމީހުންގެ ހަށިގަޑުން ބޭރުވާ ދިޔަ (ލޭ، ދޮސް، ހޮޑު، ކުޑަކަމުދާ އެއްޗެތި، ބޮޑުކަމުދާ އެއްޗެތި) ފަދަ ތަކެއްޗަށް އެކްސްޕޯޒުވުން.
  5. ރޭޑިއޭޝަން (އެކްސްރޭ، ސީ.ޓީ ސްކޭން، އެމް.އާރު.އައި ސްކޭން) ފަދަ ތަކެއްޗަށް އެކްސްޕޯޒުވުން.
  6. އާންމުންގެ ފަރާތުން ދިމާވާ ޖިސްމާނީ އަދި ނަފްސާނީ ގެއްލުންތައް.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ health.gov.mv ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓުފިކެޓު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 

  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:   

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ   ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު   މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން

  9. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސަންސް ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު ފޯމު 06 އޮކްޓޫބަރު 2020 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަން ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2020 ވަނަ އަހަރުގެ އޮކްޓޫބަރ  މަހު އޮންލައިން ކޮށެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް( A2 ފޯމް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވާޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން މި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014439  އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

22 ސެޕްޓެންބަރު 2020
ހޯދާ