މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އިންޓާނަލް އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިކޯޕަރޭޝަނުން 20 ޖުލައި އަދި 3 އޯގަސްޓް 2020 ގައި "އިންޓާނަލް އޮޑިޓް" ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާން ނަމްބަރު (MFMC/I/2020/08) އަދި (MFMC/I/2020/09) އާއި ހަވާލާދީ ދަންނަވަމެވެ. މި އިއުލާނުގެ ސުންގަޑި ހަމަވުމާއި ހަމައަށް އެކަށީގެންވާ ވަރަށް ޕްރޮޕޯސަލްތައް ލިބިފައި ނުވާތީވެ، އެ އިއުލާން ބާތިލްކޮށް އަލުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލަމެވެ.  ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުގައި މި ކޯޕަރޭޝަން  (9A، ހ. އޯކިޑް، އަމީރު އަޙްމަދު މަގު، ކ.މާލެ، 20095) އަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

ޕްރޮޕޯސަލް ހުށަހަޅުމުގެ ސުންގަޑިއަކީ 1 އޮކްޓޯބަރު 2020 ވަނައަށް ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިންނެވެ. އެހެންކަމުން ޕޮރޮޕޯސަލް ހުށަހެޅުއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނާއެކު އެޓޭޗް ކުރެވިފައިވާ "ރިކުއެސްޓް ފޯ ޕްރޮޕޯސަލް" ގައިވާ ގޮތުގެ މަތިން ޕްރޮޕޯސަލްތައް ހުށަހެޅުއްވުން އެދެމެވެ.

 

އިތުރު މައުލޫމާތު

-   ޕްރޮޕޯސަލް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ.

-   މަޢުލޫމާތު ފުރިހަމަ ނޫން ޕްރޮޕޯސަލްތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.

 

މި އިއުލާނާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 
22 ސެޕްޓެންބަރު 2020
ހޯދާ