ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

އިޢުލާން

ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

 

ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މިރަށުގައި ހެދުމަށް ހަމަޖެހިފައިވާ އައު އިންޖީނުގެއަށް ދޫކުރެވިފައިވާ ބިމުގެ އުތުރު މަގާއި، ހުޅަނގު މަގު ކައިރީގައި (ޓޮޕާޒް ކިޔާ ގޯތީގެ ހުޅަނގުން އޮތް މަގުގެ އުތުރުކޮޅުން އިރުމަތީ ކައިރީގައި) ނޫކުލައިގެ ދަވާދުން ނަންބަރުޖަހާފައިވާ 4 ރުކުގެ ވެރިފަރާތް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި 4 ރުކުގެ ވެރިފަރާތްތަކުން، މި އިދާރާއިން ޖަހާފައިވާ ނަންބަރާއި، ވެރިފަރާތުގެ ނަމާއި އެޑްރެސް އަދި ރުކުގެ މޮޅު/ ދެރަ ބަޔާންކުރައްވާ، 2020 އޮކްޓޯބަރ 01  ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން ލިޔުމަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި މުއްދަތުގެ ކުރިން ހުށަނާޅުއްވާ ރުއްގަސް އެއީ ރައްޔިތު ރުއްގަހުގެ ގޮތުގައި ބަލާ ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ސެޕްޓެންބަރު 2020
ހޯދާ