ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ތަރުޖަމާނުން ހޯދުމާއި ގުޅޭ

ތަރުޖަމާނުން ހޯދުމާއިގުޅޭ.

މިކޯޓުން ބަލަމުންދާ ބައެއް މައްސަލަތަކާއި ގުޅިގެން ތިރީގައި މިވާ ބަސްބަހުގެ ތަރުޖަމާނުން ހޯދަން ބޭނުން ވެއެވެ.

ބަންގާޅު ބަސް، އިނގިރޭސި ބަސް، ޗައިނާ ބަސް، ޖަޕާނު ބަސް، ހިންދީ ބަސް، އުރުދޫ ބަސް، މަޅިޔާޅަމް ބަސް، މަންމަން ބަސް (އަޑުއިވުމާއި ވާހަކަ ދެއްކުމުން މަހުރޫމްވެފައިވާ މީހުންގެ ބަސް)

 

ޝަރުތު: އިސްވެ ބަޔާންކުރެވުނު ބަސްބަހުން ދައްކާ ވާހަކަތައް ދިވެހި ބަހަށް ފަރިތަކަމާއެކު ތަރުޖަމާ ކޮށްދިނުމާއި، އަދި ދިވެހި ބަހުން ދައްކާ ވާހަކަ އެ ބަސްބަހަށް ފަރިތަކަމާއެކު ތަރުޖަމާ ކުރުމުގެ ޤާބިލުކަން ހުރުން.

 

އުޖޫރަ: ކޯޓުގައި ހޭދަކުރާ ކޮންމެ ގަޑިއިރަކަށް -/400 ރުފިޔާ (ހަތަރު ސަތޭކަ ރުފިޔާ)

 

ހުށަހަޅަންޖެހޭ ތަކެތި:

-  އެދޭ ސިޓީ

-  ޕާސްޕޯޓު / އައިޑީކާޑުގެ ކޮޕީ

-  ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ

-  ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ

-  ވަނަވަރު

 

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން މި ކޯޓުގެ ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްޓަކައި، 20 އޮކްޓޯބަރ 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

 

22 ސެޕްޓެމްބަރ 2020

22 ސެޕްޓެންބަރު 2020
ހޯދާ