ދިވެހިރާއްޖެ
އިޢުލާން
ނަންބަރ: IUL)242/242/2020/08)
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ ޢަދަދު: 2
މަޤާމުގެ ގިންތި: ވަގުތީ (6 މަސް)
ސެކްޝަން: ޓްރާންސްޕޯޓް ޑެސްކް ފްރަންޓް އޮފީސް
މަޤާމުގެ ރޭންކް: GS3
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
ވަޒީފާ އަދާކުރަންޖެހޭ ތަން: ހުވައަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާ
މުސާރަ: 4465.00 ރުފިޔާ (މަހަކު)
ސަރވިސް އެލަވަންސް: 1500.00 (މަހަކު)
އެހެނިހެން އެލަވަންސް: 1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ
ޕެންޝަން ކޮންޓްރިބިއުޝަން.
2. ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން
އިތުރުގަޑީގެ ފައިސާ.
މަޤާމުގެ މައިގަނޑު
މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 1. އެއްގަމު ލައިސަންސާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން
2. އެއަގަމު ލައިސަންސް ހެދުމާއި ލައިސަންސްތަކުގެ މަޢުލޫމާތު މަހަކު އެއްފަހަރު ރިޕޯޓް ތައްޔާރުކުރުމަށްފަހު ޓްރާންސްޕޯރޓް އޮތޯރިޓީއަށް ފޮނުވުން
3.އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރީ ހެދުމުގެ މަސައްކަތްކުރުން
4. ކަނޑުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމަށް ކުރަންޖެހޭ ސާރވޭ ކުރުން
5. ކަނޑު އުޅަނދުފަހަރުގެ ރަޖިސްޓްރީ ހެދުން
6. ކަނޑުގައި ދުއްވާ އުޅަނދުފަހަރު ސާރވޭކޮށް ސަލާމާތީ ސެޓްފިކެޓް ޕަސެންޖަރުގެ ސެޓްފިކެޓް ބަރުމަރުކާ ސެޓްފިކެޓް ހެދުން
7. ކަނޑުގައި ދުއްވާ އިންޖީނު އުޅަނދުފަހަރުގެ ލައިސަންސް ހެއްދުން
8. އޮޑީ ނަންބަރަށް އެދި ހުށަހަޅާ ފަރާތްތަކަށް އޮޑީ ނަންބަރ ދޫކުރުން
9. މެރިޓައިމްގެ މަސްކަތްތަކާއި ގުޅިގެން ކުރެވޭ މަސައްކަތްތައް މަހަކު އެއްފަހަރުރިޕޯޓް ތައްޔާރުކޮށް ޓްރާންސްޕޯރޓް އޮތޯރިޓީއަށް ފޮނުވުން
10. އިދާރާއިން ކުރިއަށް ގެންދާ ޚާއްސަ ހަރަކާތްތަކުގައި ބައިވެރިވުން
މަޤާމުގެ ޝަރުތުތައް: ސާނަވީ ނުވަތަ އެއާއި އެއްފެންވަރެއްގެ އިމްތިހާނަކުން 2 މާއްދާއިން ދައްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
ހުށަހަޅަންޖެހޭ ލިޔުންތައް: 1. ފުރިހަމަކޮށްފައިވާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ސިވިލް ސާރވިސް ގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.)
2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
4. ސިވިލް ސާރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާ ކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާ ކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
5. ސެޓްފިކެޓްތަކުގެ ކޮޕީ
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ ނުވަތަ ސެޓްފިކެޓް ނެތްހާލަތެއްގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ ލިޔުމުގެ ކޮޕީ
(ށ) މަތީ ތަޢުލީމުދޭ ، ރާއްޖޭގެ މަރުކަޒަކުން ދޫކޮއްފައިވާ ތައުލީމީ ސެޓުފިޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ
7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ
8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސާރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ޚިއްސާވާ ކުންފުންޏެއްގައި ނުވަތަ ބައިނަލްއަގުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައި ވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގައި ތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮށްފައިވާ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވަނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތުތައް( އެއް އިދާރާއެއްގައި ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
(ނ) ދަޢުލަތުގެ ޢިދާރާތަކާއި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އެއް އިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
ވަޒީފާއަށް އެންމެ ޤަބިލު ފަރާތެއް * ލިބިފައިވާ ތަޢުލީމާއި ތަމްރީން
ހޮވުމަށް ބެލެވޭ ކަންތައްތައް: * ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
- ލިބިފައިވާ ހުނަރު
- ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 އޮކްޓޯބަރ 01 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ގދ. އަތޮޅުކައުންސިލްއިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.
ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 20 އޮކްޓޯބަރ 02 އާއި 2020 އޮކްޓޯބަރ 06 އާ ދެމެދުގދ. އަތޮޅުކައުންސިލް އިދާރާގައެވެ.
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންތް ލިބުނު ގޮތުގެޝީޓް (A2) އާންމުކުރުން: އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި
" ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މި ކައުންސިލްގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6841032 ނަމްބަރު ފޯނަށެވެ.
05 ސަފަރު 1442
22 ސެޕްޓެމްބަރ 2020