ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ. އަތޮޅުގެ ފަޅުރަށްރަށުގެ މަޢުލޫމާތު ހޯދުމާއިގުޅޭ

މިއަތޮޅުގެ ފަޅުރަށްރަށަށް ދަތުރުދާ ފަރާތްތަކަށާއި އަދި އެނޫންވެސް ޒަރޫރީ ބޭނުންތަކުގައި ރަށްރަށަށް އެރުން، ބައެއް އަމިއްލަ ފަރާތަތަކާއި ރިޒޯޓުތަކުން މަނާކުރަމުން ގެންދާތީވެ އަތޮޅުގެ ރަށްޔިތުންގެ ޝަކުވާތައް އަންނަނީ މިއިދާރާއަށް ލިބެމުންނެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން މިދުވަސްވަރަކީ ގިނަ އަދަދަކަށް ކާށި ހޮވުމާއި ފަންގިވިނުމަށް ފަންހޮވުމަށްޓަކައި ގިނަބަޔަކު ފަޅުރަށްރަށުގައި ހަރަކާތްތެރިވަމުންދާ ދުވަސްވަރެކެވެ. އަދި އެފަދަ ރަށްރަށުން ރުއްގަސް ކެނޑުމުގެ ޝަކުވާވެސް މިއިދާރާއަށް އަންނަނީ ލިބެމުންނެވެ. އެހެންކަމުން އެރަށްތައް ބެލެހެއްޓޭނީ އެރަށްތަކުގެ ތަފްސީލް މައުލޫމާތު މިއިދާގައި ހުރުމުން ކަމުގައިވެސް ދެންނެވީމެވެ.

މީގެ އިތުރުންވެސް އިދާރީ ދާއިރާތަށް ލާމަރުކަޒުކޮށް ހިންގުމުގެ ޤާނޫނު، ޤާނޫނު ނަމްބަރ 7/2010 ގެ 8.1 ގެ (ށ) ގައިވާ ގޮތުގެމަތީން އަތޮޅު ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާގެ ތެރޭގައި ހިމެނޭ އެންމެހައި ފަޅުރަށްތަކާއި، ފަޅުތައް ސަރުކާރުގެ އެއްވެސް އިދާރާއަކުން ބޭނުންކުރަންވާނީ ނުވަތަ ތަރައްޤީކުރަންވާނީ ނުވަތަ އެހެންފަރާތަކަށް ކުއްޔަށް ނުވަތަ ވަރުވާއަށް ދޫކުރަންވާނީ އަތޮޅުކައުންސިލާއި މަޝްވަރާކުރުމަށްފަހުގައި ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.

 

ވީމާ، އަމިއްލަ ފަރުދެއްގެ ނުވަތަ ކުންފުންޏެއްގެ ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ ބެއްލެވުމުގެ ދަށުގައި ނުވަތަ އެއްވެސް ފަރާތަކަށް ކުއްޔަށް ދޫކުރައްވާފައިވާނަމަވެސް އެ ފަޅުރަށްރަށުގެ ތަފްސީލް މަޢުލޫމާތު (ހާއްސަ ގޮތެއްގައި ރަށުގެ ވެރިފަރާތާއި، ރަށް ދޫކުރެވިފައިވާ މުއްދަތު އަދި ގުޅޭނެ ނަމްބަރ) އެގޭނެގޮތަށް 20 އޮކްޓޯބަރ 2020 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދި ދެންނެވީމެވެ. އިސްވެ ދެންނެވުނު މުއްދަތުގައި މައުލޫމާތު ހިއްސާ ކުރައްވާފައި ނުވާނަމަ އެރަށްތަކާއިމެދު ޤާނޫނުގައިވާ ގޮތުގެ މަތީން ޢަމަލުކުރެވިގެންދާނެ ވާހަކަވެސް އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

14 ސެޕްޓެންބަރު 2020
ހޯދާ