އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައުތަކެތި ނީލަމުގައި ވިއްކާލުން

އިޢުލާން 

ކޮންވެންޝަން ސެންޓަރ(އީ.ސީ.ސީ) ހޮސްޕިޓަލަކަށް ބަދަލުކުރުމަށްޓަކައި ޢިމާރާތުގެ ބައިތައްރޫޅާލާ ނަގައިގެން ގެނެސްފައިވާ ބައުތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. މި ތަކެތީގެ ތެރޭގައި ޢިމާރާތުން ނައްޓާފައިވާ ދޮރު،ދޮރުފަތް، ސެންޓްރަލް އެއަރކޯން ޔުނިޓް، ރޯލަރޝަޓަރ ހިމެނެއެވެ. ނީލަން ކިއުން އޮންނާނީ 01 އޮކްޓޫބަރ 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނުގެ 09:00ގައި ހިތަދޫ އަވަށު އޮފީހުގެ ގޯތި ތެރޭގައެވެ. ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވައި ލެއްވުމަށް ބޭނުންފުޅުވާ ބޭފުލުންނަށް 2020 ސެޕްޓެމްބަރ މަހުގެ  23،24،27،28 މިހަތަރު ދުވަހުގެ 13:00ން 14:00އަށް މި އިދާރާއަށް ވަޑައިގަތުމުން ތަކެތި ބެލޭނެ އިންތިޒާމު ހަމަޖައްސައި ދެވޭނެ ވާހަކަ ދެންނެވީމެވެ.

04 ޞަފަރު 1442

21 ސެޕްޓެންބަރު 2020
ހޯދާ