ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް
ދިވެހިރާއްޖެ
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް އެއްކޮށްލުމަށް ސަރުކާރުން ނިންމެވުމާ ގުޅޭ

 އިޢުލާން

 

އިޢުލާން ނަމްބަރު:GMIZL/IUL/ADMN/2020/003

 

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް އެއްކޮށްލުމަށް ސަރުކާރުން ނިންމެވުމާ ގުޅޭ

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗް.ޑީ.ސީ) އާއި ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީ.އެމް.އައި.ޒެޑް.އެލް) އެއްކޮށްލުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިގޮތަށް ނިންމަވާފައިވަނީ ދެ ކުންފުނި އެއްކޮށްލުމުން މާލީ ގޮތުންނާއި އަދި ހިންގުމުގައި ލިބޭނެ ފައިދާ ތަކަށް ރިޢާޔަތްކުރުމަށްފަހު ހުޅުމާލެ، ތިލަފުށި، ގުޅިފަޅު ހިމެނޭ ގޮތަށް ގްރޭޓަރ މާލޭ އޭރިޔާ ތަރައްޤީކުރަން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އެއް ކުންފުންޏެއްގެ ދަށުން ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައެވެ. ސަރުކާރުން އެކުލަވާލައްވާފައިވާ ސިޔާސަތުތަކާ އެއްގޮތަށް ހުޅުމާލެ، ގުޅިފަޅު އަދި ތިލަފުށި ތަރައްޤީ ކުރުމުގެ މަސައްކަތްތައް އެޗް.ޑީ.ސީ އިން ކުރިއަށް ގެންދާނީ ސަރުކާރުގެ މަޝްވަރާއާއި ލަފާގެ މަތިންނެވެ.

މިގޮތުން، ފުރަތަމަ މަރުޙަލާއެއްގެ ގޮތުން ޖީ.އެމް.އައި.ޒެޑް.އެލްގެ އެންމެހައި އެސެޓްސް، ލައިބިލިޓީސް، މުއައްޒަފުން އަދި އެންމެހައި އެއްބަސްވުންތަކާއި ކުންފުނީގެ މައްޗަށް އޮތް އެންމެހައި އިލްތިޒާމްތަކާއި ޒިންމާތައް އެޗް.ޑީ.ސީއަށް ބަދަލުކުރުމަށް ނިންމާފައިވާކަން އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އާންމުކޮށް އަންގާ ޢިއުލާނު ކުރަމެވެ.

އެހެންކަމުން، މިނިންމުމާއި ގުޅިގެން މިކުންފުންޏާއެކު ހެދިފައިވާ އެއްބަސްވުންތަކަށާއި ލިޔެކިޔުންތަކަށް ގެންނަންޖެހޭ އެންމެހައި ބަދަލުތައް ގެނައުމަށް މިކުންފުނިން އެފަރާތްތަކާއެކު މުޢާމަލާތްކުރަމުން ގެންދާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.

-----------------------------------------------

4 ޞަފަރު 1442

21 ސެޕްޓެމްބަރ 2020

21 ސެޕްޓެންބަރު 2020
ހޯދާ