އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރިސޯޓަތަކުން އަދި ކޮމިއުނިޓީ ސްޕްރެޑް އެއް އޮތް ރަށަކުން އދ. ފެންފުއްޓަށް ދަތުރުކުރުން

ފަތުރުވެރިން އުޅެމުންދާ ރިސޯޓްތަކުންނާއި، ހަދަމުންދާ ރިސޯޓްތަކުންނާއި، މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދާ ރިސޯޓްތަކުންނާއި، ވަގުތީގޮތުން ބަންދު ކުރެވިފައިވާ ރިސޯޓްތަކުން އަދި ކޮމިއުނިޓީ ސްޕްރެޑެއް އޮތް އެއްވެސް ރަށަކުން މީހުންދިރިއުޅޭ އެހެންރަށަކަށް ދެވޭނީ 14 ދުވަހުގެ ހޯމް ކަރަންޓީން އެއް ފުރިހަމަކުރާގޮތަށް ކަމަށް އެޗް އީ އޯސީ އިން ކަނޑައަޅުއްވާފައިވާތީ، ބަޔާންކުރެވުނު ތަންތަނުން މިރަށަށް ވަޑައިގެންނެވޭނީ 14 ދުވަހުގެ ހޯމް ކަރަންޓީން ފުރިހަމަކުރައްވާގޮތަށް ކަމުގައި ދަންނަވަމެވެ. މިގޮތަށް މިރަށަށް ވަޑައިގަންނަވާ ފަރާތްތަކުން ހާލު ބެލުން ޕޯޓަލް މެދުވެރިކޮށް ހޯމްކަރަންޓީން އަށް ރަޖިސްޓަރީވުމަށްފަހު ހޯމް ކަރަންޓީން ލީގަލް ޑޮކިއުމެންޓް ލިބިލެއްވުމުގެ ކުރިން މިރަށަށް ދަތުރު ނުކުރެއްވުމަށް ދަންނަވަމެވެ.

ރިސޯޓަތަކުންނާއި އަދި ކޮމިއުނިޓީ ސްޕްރެޑްއެއް އޮތް އެއްވެސް ރަށަކުން އަސާސީހިދުމަތެއް ހޯއްދެވުމަށާއި އަދި މުދާ ގެންގޮސް ގެނައުމަށް، އެއްވެސް އުޅަނދެއް މިރަށަށް ދަތުރު ކުރައްވާނަމަ މިކައުންސިލްގެ ހުއްދަ ހޯއްދެވުމަށްފަހު ދަތުރު ކުރެއްވުމަށް ދަންނަވަމެވެ. އަދި މިގޮތަށް މިރަށަށް ދަތުރުކުރާ އެއްވެސް އުޅަނދަކުން މީހުން މިރަށަށް ފޭބުމާއި، މިރަށުގެ މީހުނާއި އުޅަނދުން ދަތުރުކުރާ ފަރާތްތައް ކޮންޓެކްޓް ވާނެ އެއްވެސް ގޮތަކަށް އަމަލުތައް ބެހެއްޓުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ.

     ވީމާ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

   04 ޞަފަރު 1442                      

              21 ސެޕްޓެމްބަރު 2020

21 ސެޕްޓެންބަރު 2020
ހޯދާ