ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮއިވާލި ކަނދުފައްޗާއި ގުޅޭ،

މަސްވެރިކަން ކުރާ އުޅަނދު ފަހަރާއި، ދިވެހި މަސްވެރިންގެ މަންފާއަށްޓަކައި މަސްކަނޑުތަކުގައި އޮއިވާލި ކަނޑުފަތި ހަރުކުރުމުގެ މަސައްކަތަކީ އަބަދުމެ ކުރަމުން އަންނަ މަސައްކަތެކެވެ. އެގޮތުން 03 ސެޕްޓެންބަރ 2020 ވަނަދުވަހު ފުވައްމުލަކުގެ އިރުމަތީ ފަރާތުގައްޔާއި ދެކުނުގައިވަނީ ކަނޑައިގެން ގޮސްފައިވާ ކަނދުފަތި އަލުން ހަރުކޮށް ނިންމާފައެވެ.

ނަމަވެސް މިދެންނެވި ކަނދުފަތިތަކުގެ ތެރެއިން ފުވައްމުލަކު ދެކުނުގައި ހަރުކުރެވިފައިވާ ކަނދުފަތީގެ ބޮއިފަތި ކަޑާލައިފައިވާ ކަމުގެ ޝަކުވާ މިކައުންސިލަށްވަނީ ލިބިފައެވެ.

ވީމާ ކަނދުފައްޗަށް ގެއްލުންދިނުމާއި ،ކަނދުފަތީގައި އުޅަނދު އެޅުމާއި، ވާ އެއްސުމާއި ، އަދި މިނޫންވެސް ކަނދުފައްޗަށް ގެއްލުންވާފަދަ ކަމެއް ނުކުރުމަށް ކަނޑުދަތުރު ކުރައްވާ އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.

އަދި ހުރިހާ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރުވާ މަސައްކަތުން ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓުމަށް އެންމެހާ މަސްވެރިންގެ އެއްބާރުލުން ދެއްވުމަށް މިފުރުސަތުގައި އިލްތިމާސްކުރަމެވެ. ކަނދުފައްޗާއި ގުޅޭ އެއްވެސް ޝަކުވާއެއް ވާނަމަ 7315002 ނަންބަރ އަށް ގުޅުއްވުން އެދެމެވެ.

19 ސެޕްޓެންބަރު 2020
ހޯދާ