އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޭދޯނި އެހެލާ ބަނދަރާ ގުޅޭ :

އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ ޢިދާރާ

  އއ. ބޮޑުފޮޅުދޫ / ދިވެހިރާއްޖެ

އިޢުލާން

ދޯނި އެހެލާ ބަނދަރާ ގުޅޭ :

                    21 ސެޕްޓެންބަރ 2020ވަނަ ދުވަހު ދޯނި އެހެލާ ބަނދަރާ ގުޅިގެން ކުރެވުނު (IUL)343-AS/343/2020/71 އިއުލާންގައި މައްސަލަތަކެއް ހުރުމާއި ގުލިގެން އެ އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.

                   މިކައުންސިލުން ބަލަހައްޓަމުން ގެންދާ ދޯނި އެހެލާ ބަނދަރަކީ ހާއްސަ އުސޫލެއް ހެދި އެ އުސޫލުގެ ދަށުން ބެލެހެއްޓެމުންދާ ބަނދަރެކެވެ. ބަނދަރުގެ ހިދުމަތުގެ ފެންވަރު ރަނގަޅުުރުމުގެ ގޮތުން މިކައުންސިލުން ނިންމާފައިވަނީ ދޯނި އެހެލާ ބަނދަރުގެ އުސޫލަށް އިސްލާހުތަކެއް ގެނައުމަށެވެ. މިގޮތުން މިދެންނެވި އުސޫލަށް އިސްލާހުކޮށް އަދި ވަސީލަތްތައް ހަމަކުރެވެންދެން ދޯނި އެހެލާ ބަނދަރަށް ވިންޗް ބޭނުންކޮށްގެން އެހެލާ/ބާލާ ރަށުގެ 35 ފޫޓަށްވުރެކުޑަ އުޅަނދަކަށް -/250 (ދުއިސައްތަ ފަންސާސް ރުފިޔާ)ގެ ފީ އެއް ، ވިންޗް ބޭނުންކޮށްގެން އެހެލާ/ބާލާ ރަށުގެ 35 ފޫޓާ 65 ފޫޓާ ދެމެދުގެ އުޅަނދަކަށް -/500 (ފަސްސަތޭކަ ރުފިޔާ)ގެ ފީ އެއް ، ވިންޗް ބޭނުންކޮށްގެން އެހެލާ/ބާލާ ރަށުގެ 65 ފޫޓަށްވުރެބޮޑު އުޅަނދަކަށް -/750 (ހަތްސަތޭކަ ފަންސާސް ރުފިޔާ)ގެ ފީ އެއްނެގޭނެ ވާހަކަ ދަންނަވަމެވެ. އަދި ރަށުން ބޭރުގެ އުޅަނދުފަހަރު، ވިންޗުބޭނުންކޮށްގެން އެހެލާ/ބާލާ ކޮންމެ އުޅަނދަކަށް -/1000 (އެއްހާސް ރުފިޔާ)ގެ ފީ އެއް ނެގޭނެ ވާހަކަ ދަންނަވަމެވެ.

                   އަދި ދަންނަވަމެވެ. މިހާރު ދޯނި އެހެލާ ބަނދަރުގައި ވަކި އުސޫލެއް ކަނޑައަޅައި، ޑިންގީ އަދި ލޯންޗް ފަހަރު އެހެލުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް އެހެލައި ގިނަދުވަސްތަކެއް ވަންދެން ބެހެއްޓިފައިވާ އުޅަނދުތައް ، އެސަރަހައްދުން އެއްގަމަށް ( އެހެން އުޅަނދުތައް އެހެލައި ބޭލުމަށް އުދަނގޫނުވާ މިންވަރަށް ) ޖައްސައި ، އަމިއްލަ ކަނދުމަތީގައި ބެހެއްޓުމަށް އަންގަމެވެ. އަދި މަތީގައި ދެންނެވިފައިވާ އުޅަނދުތައް 24 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރިން ބުނެވިދިޔަ ސަރަހައްދަށް ( ކައުންސިލްގެ ލަފާގެމަތިން ) ބަދަލުކުރުމަށް ދަންނަވަމެވެ.

                 ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                   21 ސެޕްޓެންބަރ 2020

21 ސެޕްޓެންބަރު 2020
ހޯދާ