މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ބޭސިކް ހޭންޑްބޯލް ކޯޗިންގް ރިފްރެޝަރ ޕްރޮގްރާމް

                                އިޢުލާން

ޕްރޮގްރާމްގައި ކިޔަވާނެ ދަރިވަރުން ހޯދުމާ ބެހޭ

         މި އިންސްޓިޓިއުޓާއި ހޭންޑްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން "ބޭސިކް ހޭންޑްބޯލް ކޯޗިންގ" ފުރިހަމަކޮށްފައިވާ ފަރާތްތަކަށް "ބޭސިކް ހޭންޑްބޯލް ކޯޗިންގް ރިފްރެޝަރ ޕްރޮގްރާމް"އެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ފޯމް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

 ކޯހުގެ ނަން: ބޭސިކް ހޭންޑްބޯލް ކޯޗިންގް ރިފްރެޝަރ ޕްރޮގްރާމް

 މުއްދަތު:2 ދުވަސް   (4 ގަޑިއިރު)

 ކޯސް ފެށޭ ތާރީޚް: 07 އޮކްޓޯބަރ 2020

 ކޯހުގެ ފީ: ހިލޭ

 ކޯސް ހިންގާނެ ތަން: ވާރޗުއަލް (ޒޫމް) 

 ޖާގަ: 50

  ކޯހުގެ ޝަރުތު

ހ. ބޭސިކް ހޭންޑްބޯލް ކޯޗިންގް ކޯސް ފުރިހަމަކޮށްފައިވާ ފަރާތަކަށްވުން

ށ. އުމުރުން 16 އަހަރު ވެފައިވުމާއިއެކު ބޭސިކް އެޑިއުކޭޝަން (ގްރޭޑް 6)، ފުރިހަމަ ކޮށްފައިވުން އަދި ބޭސިކް އިނގިރޭސި ބަހުން މުއާމަލާތްކުރަން އެނގުން

 ފޯމް ލިބެން ހުންނާނެތަން:

  www.youth.gov.mv ވެބްސައިޓުން / https://bit.ly/2ZTy0nF

 ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި:

- އައި ޑީކާޑުގެ ދެފުށުގެ ކޮޕީ

- ބޭސިކް ހޭންޑްބޯލް ކޯޗިންގް ކޯސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް

 ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެ ފަހުގެ ތާރީޚް:

29 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

ނޯޓް: އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ނަންބަރު 3326986 އަށް ގުޅުއްވުން އެދެމެވެ.

21 ސެޕްޓެންބަރު 2020
ހޯދާ